logo
Bank of Maldives

Bank of Maldives

ޚަބަރު

އުޅަނދެއްގެ ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ

އައިޝަތު ނަޝާ
19 ޖޫން 2026 - 05:21
އުޅަނދެއްގެ ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ

ކ. ގުޅިއާއި ފުށިދިއްގަރުފަޅުގެ ކަނޑުއޮޅި ތެރެއިން އުޅަނދެއްގެ ބައެއް ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އެ ކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފު ކޯސްޓްގާޑުން ބުނީ، މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ އެ ސަރަހައްދުން އިރުމައްޗަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންވެ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެ ކަމަށް ސަމާލުކަން ދިނުމަށާއި އެ ސަރަހައްދުން ރޭގަނޑު ދަތުރުކުރާ ނަމަ، ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކުރިއެވެ.

ފާހަގަކުރެވޭ ގޮތުގައި، އެކި ހާދިސާތަކުގައި ދޯނިފަހަރަށް ގެއްލުންވާ ހާލަތްތަކުގައި އެ ދޯންޏެއްގެ ބައެއް ތަކެތި އޮޔާދާތީ، ކަނޑު ދަތުރުކުރާ މީހުން އެ ކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުޅަނދެއްގެ ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެޚަބަރު | 2 ގަޑިއިރު ކުރިންހިލޭއެހީގެ ގޮތުގައި އޮސްޓްރޭލިއާ އިން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެއަށް ގެނެސްފިޚަބަރު | 4 ދުވަސް ކުރިންފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން އަތުވެއްޖެޚަބަރު | މަހެއް ކުރިންރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު، މާލޭގައި ވެސް ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިން