logoEN
ޚަބަރު

މުބީން އައު ކުރެއްވީ ޔާމީން ޖަލުން މިނިވަން ކުރަން ކުރެއްވި މަސައްކަތުގެ ހަނދާން

މުހައްމަދު މޫސާމުހައްމަދު މޫސާ

15 އޮކްޓޯބަރު 2024 - 19:05

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ، ކުރީގެ މަޖިލިސް މެންބަރު އަހުމަދު މުބީން، ކުރީގެ ރައީސް ޔާމީން ޖަލުގެ ގައިދުގައި އޮންނެވިއިރު އެމަނިކުފާނުގެ ހައްގުގައި ކުރެއްވި މަސައްކަތުގެ ހަނދާން އައު ކުރަށްވައިފިއެވެ.

މުބީން މި ހަނދާން އައު ކުރެއްވީ އޭނާ އާއި ގުޅުވައި ކުރީގެ ރައީސް ޔާމީން ދެއްކެވި ވާކައާއި ގުޅިގެންނެވެ.

ރައީސް ޔާމީން ޖަލަށް ލުމުން ޖަލުން މިނިވަން ކުރުމަށް ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ހިމެނޭހެން އެ ދެ ޕާޓީގެ އެކްޓިވިސްޓުންނާއި ހެޔޮއެދޭ ފަރާތްތަށް ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

މިގޮތުން ގަދަ އަތްވާއި، ވާރެއާއި، ފުލުހުންގެ ޓިއަރ ގޭސް އާއި ޝީލްޑް ކުރިމަތީ އިހުތިޖާޖުކޮށް، ރައީސް ޔާމީން މިނިވަން ކުރުމަށް ދިގު ދެމިގެންދިޔަ މަގުމަތީ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ. މި ހަރަކާތްތަކުގެ އެންމެ ކުރިން، އެންމެ އިސް ސަފުން ފެނުނު އެއް ބޭފުޅަކީ މުބީނެވެ. މުބީނަކީ މި ހަރަކާތްތަށް ރާވާ ހިންގުމުގައި ވެސް ވަގުތާއި ހަކަތަ ހޭދަކުރަށްވައި ރައީސް ޔާމީނަށްޓަކައި ބޮޑު ޤުރުބާނީއެއް ވެވަޑައިގަތް ބޭފުޅެކެވެ.

ނަމަވެސް ރައީސް ޔާމީން އެކަންކަން ހަނދުމަފުޅު ނެތްނަމަވެސް، މުބީން ސޯޝަލް މީޑިއާގައި ވިދާޅުވީ، ރައީސް ޔާމިނަކީ ގައުމުގެ ރައީސްކަން ކުރަށްވާފައި ހުންނެވި ބޭފުޅަކަށްވެފައި މުބީން ވެސް އިހްތިރާމް ކުރަށްވާ ބޭފުޅަކަށްވާތީ، އޭނާއާއި ގުޅޭގޮތުން ރައީސް ޔާމިން ދެއްކެވި ވާހަކަފުޅަށް ރައްދެއް ދޭކަށް ބޭނުން ނުވާކަމަށެވެ.

View post on Facebook

''އެކަމު އެމަނިކުފާނު ޖަލުގައި އޮންނެވި ދުވަސްތަކުގައި އަޅުގަނޑު ދުނިޔޭގައި ހެޔޮޙާލުގައި ހުރެ އަޅުގަނޑުމެން އެމަނިކުފާނުގެ ހައްގުގައި ކުރި ބަޔެއް މަސައްކަތްތަކުގެ ހަނދާން އާކޮށްލާނަން.'' ޔާމީންގެ ހައްގުގައި މަގުމަތީ ހޭދަކުރެއްވި ދުވަސްވަރުގެ ބައެއް ފޮޓޯތައް ހިމަނުއްވައި ކުރެއްވި ޕޯސްޓްގައި މުބީން ވިދާޅުވެފަވެއެވެ.

ސިޔާސީ ދާއިރާ ދިރާސާކުރާ ބައެއް މީހުން ދެކޭގޮތުގައި ޔާމީން މުބީނާ ހިތްޕުޅާނުވަނީ، މުބީން އަކީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް އަރިސް ބޭފުޅަކަށްވާތީއެބެ.

315x437_placeholder

ކޮމެންޓް

871x217_placeholder