ޖުމްހޫރީ ދުވަހަކީ ރައްޔިތުންގެ ދުވަހެއް: މުބީން


11 ނޮވެމްބަރު 2024 - 16:04
ޖުމްހޫރީ ދުވަހަކީ ރައްޔިތުންގެ ދުވަހެއްކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ، ކުރީގެ މަޖިލިސް މެންބަރު އަހުމަދު މުބީން މިއަދު ވިދާޅުވެއްޖެއެވެ.
މުބީން މިހެން ވިދާޅުވީ، މެންދުރު ޓީވީން ގެނެސްދޭ ''މައުލޫ'' ޕްރޮގްރާމްގައި ޖުމްހޫރީ ދުވަހާއި ގުޅުވައި ވާހަކަ ދައްކަވަމުންނެވެ.
މި ޕްރޮގްރާމްގައި ދެއްކެވި ވާހަކާގައި މުބީން ވިދާޅުވީ، ގިނަބަޔަކު އެދޭ ގޮތަށް އިޚްތިޔާރާއި ބާރު އޮންނަނީ މި ނިޒާމްގެ ތެރޭގައި ކަމަށެވެ. އަދި މިއަދަކީ ރަސްކަން ދޫކޮށް ޖުމްހޫރިއްޔަތަށް ދިވެހިން ރުޖޫއަވިކަމުގެ އުފާވެރިކަން ފާހަގަކުރާ ދުވަސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
''ކުރީ ޒަމާނުގައި ވެރިން ރައްޔިތުން ގާތަށް ދިޔައީމަ ބައްތިއަށް އަޅާ ތެޔޮފޮދު ވެސް ހޯދަން އެދެން ޖެހެނީ، އެކަމަކު ވޭތުވި 56 އަހަރު ތެރޭގައި މިކަންކަން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި، ޚާއްޞަކޮށް 2008 ގައި ރައީސް މައުމޫންގެ ދައުރުގައި ގެނެސްދެއްވި ފެހި ޤާނޫނު އަސާސީން ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައި'' މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ، 2008 ވަނަ އަހަރު އަހަރު އައި ފެހި ޤާނޫނު އަސާސީ އާއެކު ރައްޔިތުންނަށް ވަނީ ބާރު ލިބިފައި ކަމަށެވެ. ކޮންމެ ފަސް އަހަރަކުން ވެރިޔަކު ހޮވަން ވޯޓު ކަރުދާސް އަތަށް ލިބޭކަން ފާހަގަކުރަށްވައި، މި ނިޒާމުގައި ވެރިޔަކަށް ކުރިމަތިލާ މީހުން ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންނަށް ވައުދުތައް ވާންޖެހޭކަމަށް މުބީން ވިދާޅުވިއެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވި ތަޤްރީރަކީ މިހާތަނަށް ޖުމްހޫރީ ދުވަހެއްގައި ރައީސަކު ދެއްވި އެންމެ ފުރިހަމަ ތަޤްރީރުކަން މުބީންގެ ވާހަކާގައި ވަނީ ފާހަގަކުރަށްވާފައެވެ.
އިތުރު ލިޔުންތައް

ރައީސްގެ އިންޑިއާ ދަތުރުފުޅަކީ އިދިކޮޅު ފަރާތްތަކަށް މާޔޫސްކަން ގެނުވި ދަތުރެއް: މުބީން
7 މަސް ކުރިން
މުބީން އައު ކުރެއްވީ ޔާމީން ޖަލުން މިނިވަން ކުރަން ކުރެއްވި މަސައްކަތުގެ ހަނދާން
7 މަސް ކުރިން
އައި ފޯނު އެތެރެކުރިކަމަށް ބުނެ ފެތުރީ އަބުރު ކަތިލުމުމަށް ދޮގު ޚަބަރެއް: މުބީން
7 މަސް ކުރިން