logoEN
ޚަބަރު

އައި ފޯނު އެތެރެކުރިކަމަށް ބުނެ ފެތުރީ އަބުރު ކަތިލުމުމުގެ ބޭނުމުގައި ދޮގު ޚަބަރެއް: މުބީން

މުހައްމަދު މޫސާމުހައްމަދު މޫސާ

20 އޮކްޓޯބަރު 2024 - 02:16

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ، ކުރީގެ މަޖިލިސް މެންބަރު އަހުމަދު މުބީން އާއި ގުޅުވައި އައިފޯނުތަކެއް އެތެރެކުރި ކަމަށް ބުނެ ފަތުރާފައި ވަނީ އަބުރު ކަތިލުމުމުގެ ބޭނުމުގައި ދޮގު ޚަބަރެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހެއް ގޮތަށް ހިންގާ ވެބްސައިޓަކުން ވަނީ މުބީން އާއި މާލޭގެ ޑެޕިއުޓީ މޭޔަރު ގުޅިގެން އައިފޯނުތަކެއް އެތެރެކުރިކަމަށް ބުނެ ޚަބަރެއް ޝާޢިއުކޮށް ފަތުރާފައެވެ.

މި ޚަބަރާއި ގުޅިގެން މުބީން ސޯޝަލް މީޑިއާގައި ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.

''މިއިން ދުވަހަކު އަޅުގަނޑު ރާއްޖެއިން ބޭރަށް ނުދަން. އަދި އައިފޯން 16 ގެ ވިޔަފާރިއެއް ކުރަން އަޅުގަނޑު ނުވަތަ އެއްވެސް މީހަކުލައްވާވެސް އެފަދަ ކަމެއް ނުވެސް އުޅެން. އަދި ޑެޕިއުޓީ މޭޔަރ ނަރީޝް އާއި އެކުގައި ދުވަހަކުވެސް ވިޔަފާރިއެއްވެސް ނުކުރަން އަދި ރާއްޖޭން ބޭރައް ދަތުރެއްވެސް ނުކުރަން.'' މުބީން ވިދާޅުވެފަވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ ވީއައިޕީގެ ޚިދުމަތް ހޯދާފައިވާނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ހުންނެވި ދުވަސްވަރު ކަމަށެވެ. އަދި އެ ދުވަސްވަރުގެ ފަހުން ވީއައިޕީ ބޭނުންކޮށްފައި ނުވާނެކަމަށް ވެސް ވިދާޅުވެފަވެއެވެ.

''ރައްޔިތުންގެ މަޖިލިސްގެ މެމްބަރު ކަމުގަ މެނުވީ ވީ.އައި.ޕީ ބޭނުންވެސް ނުކުރަން. އަބުރު ކަތިލަން ދައްކާ ދޮގު ވާހަކަ މިއީ.'' މުބީން ވިދާޅުވެފަވެއެވެ.

View post on Twitter

މުބީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރަށްވާފައި ވަނީ 18 ވަނަ މަޖިލީހުގައެވެ. އޭނާ ތަމްސީލް ކުރަށްވާފައި ވަނީ އޭނާ ނިސްބަތްވާ ބިލެތްދޫ ދާއިރާގެ ގޮނޑިއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder