logoEN
ދުނިޔެ

ވޯލްޑް ބޭންކުން ލޯނު ދިނުމުގެ ކެޕޭސިޓީ 30 ބިލިއަން ޑޮލަރަށް އިތުރުކޮށްފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް

16 އޮކްޓޯބަރު 2024 - 03:41

މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީވުމުގެ ގޮތުން ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރު ތެރޭގައި އިތުރު 30 ބިލިއަން ޑޮލަރުގެ ލޯނު ދިނުމުގެ ގާބިލްކަން އިތުރުކުރުމަށް ވޯލްޑް ބޭންކުން ނިންމައިފި އެވެ. މިގޮތަށް ނިންމާފައި މިވަނީ ދުނިޔޭގެ މޫސުމަށް އަންނަ ގޮންޖެހުންތަކުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބޭންކަށް ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ބޭންކުގެ އިންޓަނޭޝަނަލް ބޭންކް ފޯ ރިކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް (އައިބީއާރްޑީ) ގެ ހިއްސާގެ އިކުއިޓީ ޓު ލޭންޑިން ރޭޝިއޯ 19 ޕަސެންޓުން 18 ޕަސެންޓަށް ދަށްކުރާނެ ކަމަށެވެ.

އިކުއިޓީ އެޑްޖަސްޓްމަންޓްގެ އިތުރުން ބޭންކުގެ އަގު ކަނޑައެޅުމުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ބޭންކުގެ މާލީ ގާބިލްކަން އިތުރުވާނެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ވޯލްޑް ބޭންކުގެ ލޯނުގެ ކެޕޭސިޓީ ޖުމްލަ 150 ބިލިއަން ޑޮލަރަށް އިތުރުވެ، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި ތަރައްގީވަމުން އަންނަ ގައުމުތަކުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މިގޮތަށް ނިންމާފައި ވަނީ މިހާރު ހިނގަމުންދާ ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވުމާއި ގިނަ ގައުމުތަކުގައި ސަރުކާރުގެ ދަރަނި އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ވޯލްޑް ބޭންކުގެ މި ފިޔަވަޅަކީ މޫސުމާ ގުޅުންހުރި ނުރައްކާތަކާއި އެހެނިހެން ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަގްސަދުގައި އަޅާފައިވާ ފިޔަވަޅެކެވެ.

ކޮމެންޓް

871x217_placeholder