logo
MPL

MPL

ޚަބަރު

އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ގައުމަކަށް ވުމުގެ ފުރުސަތު މި ސަރަހައްދުގައި ހަމައެކަނި އޮތީ ރާއްޖެއަށް!

އަޙުމަދު ރިޝާން
24 ނޮވެމްބަރު 2026 - 12:36
އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ގައުމަކަށް ވުމުގެ ފުރުސަތު މި ސަރަހައްދުގައި ހަމައެކަނި އޮތީ ރާއްޖެއަށް!

 ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ ހިލާފަށް، އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ގައުމަކަށް ވުމުގެ ފުރުސަތު އޮތީ ހަމައެކަނި ރާއްޖެއަށް ކަމަށް ވޯލްޑް ބޭންކުގެ އާ ރިޕޯޓެއްގައި ބުނެފި އެވެ.

އެގޮތުން ރާއްޖެއިން 2013 އިން 2023 އަށް ކުރިއެރި ނިސްބަތުގައި ކުރިއަށް ދެވިއްޖެ ނަމަ، 2044 ވަނަ އަހަރު ރާއްޖެ މުސްކުޅި އާބާދީއަކަށް ބަދަލުވާއިރު ބޮލަކަށް ޖެހޭ އާމްދަނީ 25،000 ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް ރާއްޖޭގެ އާބާދީ މުސްކުޅިވާ ދުވެލި އިންތިހާއަށް ބާރެވެ. މަސައްކަތްކުރާ އުމުރުގެ މީހުންގެ ނިސްބަތް 2033 ގައި އެންމެ މައްޗަށް ދިއުމަށް ފަހު، 2031 ގައި "މުސްކުޅިވަމުންދާ އާބާދީ" އަކަށް ވެ، އެންމެ 13 އަހަރު ފަހުން 2044 ގައި "މުސްކުޅި އާބާދީ" އަކަށް ރާއްޖެ ބަދަލުވާނެ އެވެ. މިއީ ސަރަހައްދުގެ އެވްރެޖަށް ވުރެ ފަސް އަހަރު އަވަސް ބަދަލެކެވެ.

ޕެންޝަން ނިޒާމުގައި ރާއްޖެ ކުރީގައި އޮތް ނަމަވެސް، އުމުރު ދިގުވި ނަމަވެސް ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ފުރިހަމަ ސިއްހަތުގައި އުޅެވޭ މުއްދަތު ކުރުވުމާއި، އޭއައިގެ ސަބަބުން ބައެއް ވަޒީފާތައް މަދުވުމާއި، އަންހެނުން ވަޒީފާއަށް ނުކުތުމަށް އޮތް ހުރަސްތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރެ އެވެ.

މި ފުރުސަތު ގެއްލުނަ ނުދިނުމަށްޓަކައި ކުރިއަށް އޮތް 18 ވަރަކަށް އަހަރު ތެރޭގައި މުހިންމު އިސްލާހުތަކެއް ގެނައުމަށް ވޯލްޑް ބޭންކުން ލަފާދީފައިވެ އެވެ. އޭގެ ތެރޭގައި ވިޔަފާރިތަކަށް މާލީ އެހީ ފަސޭހަކުރުމާއި، އަންހެނުންނަށް ވަޒީފާގެ މާހައުލު ލުއިކޮށްދިނުމާއި، ޕްރައިމަރީ ހެލްތު ކެއާ އާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާނެ ނިޒާމުތައް ވަރުގަދަކުރުން ހިމެނެ އެވެ.

މީގެ އިތުރުން އުމުރުން ދުވަސްވާ މީހުންނަށް އާ ހުނަރުތައް ދަސްކޮށްދީ މަސައްކަތުގައި ދެމިތިބެވޭނެ މަގުފަހިކުރުމާއި، އިޖުތިމާއީ ރައްކާތެރިކަމާއި ސިއްހީ ހަރަދުތައް ބޮޑުވާނެތީ ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދުތަކުގެ ނަތީޖާ މަތިކުރުމަށް ވެސް ރިޕޯޓުގައި ވަނީ އިރުޝާދު ދީފަ އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ގައުމަކަށް ވުމުގެ ފުރުސަތު މި ސަރަހައްދުގައި ހަމައެކަނި އޮތީ ރާއްޖެއަށް!ޚަބަރު | 21 މިނިޓު ކުރިންއެގްރިކަލްޗަރަލް ދާއިރާއިން މަތީ ތަޢުލީމު ހާޞިލިކުރުމުގެ ފުރުޞަތުތަކެއް ޚަބަރު | 2 އަހަރު ކުރިންވޯލްޑް ބޭންކުން ލޯނު ދިނުމުގެ ކެޕޭސިޓީ 30 ބިލިއަން ޑޮލަރަށް އިތުރުކޮށްފިދުނިޔެ | 2 އަހަރު ކުރިން