އެގްރިކަލްޗަރަލް ދާއިރާއިން މަތީ ތަޢުލީމު ހާޞިލިކުރުމުގެ ފުރުޞަތުތަކެއް

ދަރިވަރުން ދަސްވަނިވަނީ

23 ޖެނުއަރީ 2025 - 12:36
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ވަނީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކު މެދުވެރިވެގެން ކުރިއަށްގެންދާ "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވިސް ޕްރޮޖެކްޓް"ގެ ދަށުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާޞިލިކުރުމުގެ 5 ފުރުޞަތެއް އިޢުލާންކޮއްފައެވެ.
މިގޮތުން އިޢުލާންކޮއްފައިވާ ސްކޮލަރޝިޕްގެ ފުރުޞަތުތަކަކީ،
• މާސްޓަރސް ޑިގްރީ: ޕްލާންޓް ޕްރޮޓެކްޝަން/ އެންޓޮމޮލޮޖީ/ ޕްލާންޓް ޕެތޮލޮޖީ (1 ފުރުޞަތު)
• ބެޗްލަރސް ޑިގްރީ: އެގްރިކަލްޗަރ ސައިންސް (1 ފުރުޞަތު)
• ބެޗްލަރސް ޑިގްރީ: ވެޓެނިރަނީ/ ޒޫލޮޖީ/ އެނިމަލް ސައިންސް (1 ފުރުޞަތު)
• ބެޗްލަރސް ޑިގްރީ: އެގްރިކަލްޗަރ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ) (1 ފުރުޞަތު)
• ބެޗްލަރސް ޑިގްރީ: ނެޗުރަލް ރިސޯސް މެނޭޖްމަންޓް/ބެޗަލަރ އޮފް އިކޮނޮމިކްސް (1 ފުރުޞަތު)
މި ސްކޮލަރޝިޕްގެ ދަށުން މާސްޓަރސް ޑިގްރީއަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުގެ ޝަރުރުތަކުގެ ތެރޭގައި، ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާޞިލުކޮއްފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހާޞިލުކޮއްފައިވާ ފަރާތެއްކަމުގައިވުން ހިމެނެއެވެ. އަދި ބެޗްލަރސް ޑިގްރީއަށް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކަކީ ޖީ.ސީ.އީ އޯލެވެލްގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުމުގެ އިތުރުން ޖީ.ސީ.އީ އޭލެވެލްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާޞިލުކޮއްފައިވުމެވެ.
މި ސްކޮލަރޝިޕްތަކަށް ހުށަހެޅުމުގެ ސުންގަނޑި އަކީ 20 ފެބްރުއަރީ 2025 ވާ ބުދަ ދުވަހުގެ 12:00 އެވެ.
އިތުރު ލިޔުންތައް

ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ޚިދުމަތްތެރިންގެ ދަފުތަރެއް އެކުލަވާލަނީ
7 މަސް ކުރިން
އަހަރުގެ މިހާތަނަށް 210 ޕްރޮގްރާމެއް އެމްކިއުއޭއިން އެކްރެޑިޓްކޮށްދީފި
7 މަސް ކުރިން
300 އަށް ވުރެ ގިނަ ސްކޮލަޝިޕްގެ ފުރުސަތުވަނީ ހުޅުވާލެވިފައި
6 މަސް ކުރިން