logo
MPL

MPL

ޚަބަރު

އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް އެމް.އޭ.ސީ.އެލް އިން ހޫނު މަރުހަބާ އެއް

އައިޝަތު ނަޝާ
20 ޖޫން 2026 - 13:02
އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް އެމް.އޭ.ސީ.އެލް އިން ހޫނު މަރުހަބާ އެއް

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާ ކިޔައިފިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެއްގެ ގޮތުގައި އެމްއޭސީއެލް އިން ފާހަގަކުރެއެވެ.

މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާއަކީ ސްޕެއިން އަށް ނިސްބަތްވާ އަލްމުދެންޔާ އަރްޓީނިއޯ އެސްޕާރްސާއެވެ. މި ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ މިއަދު 2:49 ހާއިރު ޤަތަރު އެއަރވޭސް ގެ ފްލައިޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަފްލާގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، އޮނަރަބަލް މުޙައްމަދު އަމީން، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން، އެމް.އޭ.ސީ.އެލްގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު މިހާދު، ޗީފް އިމަރޖެންސީ ސަރވިސް އޮފިސަރ ޢަބްދުﷲ ވަޙީދު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ގެ އިތުރުން، ވިޒިޓް މޯލްޑިވްސްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ އަދި ވިޒިޓް މޯލްޑިވްސްގެ ބޯޑު މެންބަރުންނާއި،ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުން އަދި އެއަރލައިން ޕާޓްނަރުން ބައިވެރިވިއެވެ.

މި ހާއްސަ މުނާސަބަތުގައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް އެމް.އޭ.ސީ.އެލް އާއި ދާއިރާގެ ބައިވެރިންގެ ފަރާތުން ހަނދާނީ ހަދިޔާތަކެއް ވަނީ ދެއްވާފައެވެ. މިއީ ދިވެހިންގެ މެހެމާންދާރީގެ ފުރިހަމަކަމާއި، ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް ގޮތުގައި އެ ކުންފުނިން ދެކެއެވެ.

މި ކާމިޔާބީ ހާސިލުކުރުމުގައި އެހީތެރިވި ޓޫރިޒަމް މިނިސްޓްރީއާއި، ވިޒިޓް މޯލްޑިވްސް އާއި، އެއާލައިންތަކާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ރިސޯޓްތަކާއި އެއާޕޯޓުގެ ހުރިހާ ހިއްސާދާރުންނަށް އެމް.އޭ.ސީ.އެލް އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައިސްފައި ވަނީ ޖޫން މަހުގެ ހަތްވަނަ ދުވަހުގައެވެ. އެހެން ކަމުން މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ އަމާޒު ހާސިލްކުރެވުނީ މިދިޔަ އަހަރަށް ވުރެ ލަހުންނެވެ.އޭގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީ ހަގުރާމަ އާ ގުޅިގެން ވައިގެ ދަތުރުފަތުރަށް އައިސްފާވާ ގޮންޖެހުންތަކުގެ ސަބަބުން ފަތުރުވެރިންނަށް ދިމާވެފައިވާ ދަތުރު ފަތުރު ކުރުމުގެ ދަތިތަކެވެ.

ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށާއި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު މި ސަރުކާރުން ދަނީ ފަތުރުވެރިން އިތުރު ކުރުމަށްޓަކައި ފަތުރުވެރިން އަންނަ ރޫޓްތައް ބަދަލުކޮށް ފްލައިޓްތައް އިތުރު ކުރުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖެއަށް ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ދެވަނަ ކުއާޓާގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް 1.62 މިލިއަން ފަސިންޖަރުންޚަބަރު | 3 ދުވަސް ކުރިންވެލާނާ އެއަޕޯޓާއި، މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑަށް ނޮމިނޭޓްވެއްޖެޚަބަރު | 22 ދުވަސް ކުރިންދިވެހިން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ ފަށައިފިޚަބަރު | މަހެއް ކުރިންއެއް މިލިއަންވަނަ ފަތުރުވެރިޔާއަށް އެމް.އޭ.ސީ.އެލް އިން ހޫނު މަރުހަބާ އެއް ޚަބަރު | 2 މަސް ކުރިން