logo
Bank of Maldives

Bank of Maldives

ދުނިޔެ

އިންޑިއާގެ ޚާރިޖީ ވަޒީރު ޕާކިސްތާނަށް ޒިޔާރަތްކުރައްވައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
16 އޮކްޓޯބަރު 2024 - 04:16
އިންޑިއާގެ ޚާރިޖީ ވަޒީރު  ޕާކިސްތާނަށް ޒިޔާރަތްކުރައްވައިފި

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު ޕާކިސްތާނަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭ އިންޑިއާގެ އޮފިޝަލަކު މިފަދަ ދަތުރެއްގައި ޕާކިސްތާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޑިޔާގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުން ދެ ޤައުމު ދޭތެރޭ ހީނަރުވެފައިވާ ގުޅުން ރަނގަޅު ވަމުން އަންނަ ކަމަށް ދޭހަވާ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޗައިނާ، ރަޝިއާ އަދި މެދުތެރޭ އޭޝިއާގެ ބައެއް ގައުމުތަކުގެ މަންދޫބުން ހިމެނޭ އެސްސީއޯ ސަމިޓްގައި ބައިވެރިވާ ގާތްގަނޑަކަށް ބާރަވަރަކަށް ލީޑަރުންގެ ތެރޭގައި ޖައިޝަންކަރުވެސް ހިމެނިވަޑައިގަންނަވަ އެވެ. އަންނަ ބުދަ ދުވަހު ބާއްވާ އެކި ހަރަކާތާއެކު ނިންމާލުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ ފާއިތުވި އަހަރުތަކުގައި ޕާކިސްތާނުން ބާއްވާ ބައިނަލްއަގުވާމީ އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ބޮޑުވަޒީރު ލީ ކިއާންގް އާއި ކިރްގިސްތާން، ތަޖިކިސްތާން އަދި ކަޒަކިސްތާނުގެ ބޮޑުވަޒީރުން އަދި ބެލަރޫސް އާއި މޮންގޯލިއާގެ އިތުރު ލީޑަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.

ޑިޕްލޮމެޓިކް ގޮތުން މަތީ ފަންތީގެ ބޭފުޅުން ބައިވެރިވި ނަމަވެސް ޕާކިސްތާނާއި އިންޑިއާއިން ދެ ގައުމުގެ ދެމެދުގައި ބައްދަލުވުމެއް ބޭއްވުމަށް ރާވާފައި ނުވާ ކަމަށް ބުނެފަވެ އެވެ. ރަޝިޔާ އާއި ޗައިނާ ގުޅިގެން 2001 ވަނަ އަހަރު އުފެއްދި އެސްސީއޯ ސަމިޓަކީ ސަރަހައްދީ ސަލާމަތާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ހުޅަނގުގެ ނުފޫޒުތަކާ ދެކޮޅަށް މަޝްވަރާ ކުރުމަށް ބާއްވާ ޕްލެޓްފޯމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގައި މުސްލިމު އަންހެނަކު ތަނބެއްގައި ބަނދެ، މަޖުބޫރުން ރަލާއި ކުޑަކަމުދާ ތަކެތި ބޯންދީ މަރާލައިފިޚަބަރު | 2 ގަޑިއިރު ކުރިންއަނަންތަޕޫރީ ހޮސްޕިޓަލުން، މޯލްޑިވިއަންގެ ޕަސިންޖަރުންނަށް ޑިސްކައުންޓް ލިބޭ ފަހުމުނާމާއެއްޚަބަރު | 7 ދުވަސް ކުރިންއަފްޣާނިސްތާނުގެ ޚައްޞާޞް ސަރަހައްދުތަކަށް އަމާޒުކޮށް، ޕާކިސްތާނުގެ ނުރައްކާތެރި ހަމަލާތަކެއްދުނިޔެ | 14 ދުވަސް ކުރިން ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާންގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލައިފިދުނިޔެ | 24 ދުވަސް ކުރިން