logo
Bank of Maldives

Bank of Maldives

ދުނިޔެ

ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާންގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ފެބްރުއަރީ 2026 - 01:52
ސަލްމާނާއި ބައްޕަ ސަލީމް
ސަލްމާނާއި ބައްޕަ ސަލީމް

ބޮލީވުޑްގެ ސުޕަރސްޓާރ ސަލްމާން ޚާންގެ ބައްޕަ، އަދި އިންޑިއާގެ މަޝްހޫރު ސްކްރީން ރައިޓަރު ސަލީމް ޚާންގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އުމުރުން 90 އަހަރުގެ ސަލީމް ޚާން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލަށް ގެންދެވުނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. 'ފިލްމްފެއާ' އިން ރިޕޯޓްކުރާ ގޮތުގައި، އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ކުއްލިއަކަށް ބޯއަނބުރާ ގޮތްވުމުގެ ސަބަބުންނެވެ. ޓެސްޓުތަކުން އެނގުނު ގޮތުގައި، ލޭގެ ޕްރެޝަރު މަތިވުމުގެ ސަބަބުން އޭނާގެ ސިކުނޑީގައި ވަނީ ލޭގަނޑެއް އުފެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަންގާރަ ދުވަހުގެ އިރުއޮއްސުނު ވަގުތު ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ ހާލަތު ވަކިވަރަކަށް ހަމައަކަށް އެޅިފައިވާ ކަމަށާއި، އޮތީ އޮބްޒަވޭޝަންގައި ކަމަށެވެ. ނަމަވެސް، އެންމެ ފަހުގެ މައުލޫމާތުތައް ބުނާގޮތުން އޭނާގެ ހާލަތު އިތުރަށް ގޯސްވެ، މިހާރު ވަނީ ވެންޓިލޭޓަރަށް ލެވިފައެވެ. މި ބަލިހާލަތާ ގުޅިގެން، ބުދަ ދުވަހުގެ ހެނދުނު އޭނާގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރުން ވަނީ ނިންމާފައެވެ.

ސަލީމް ޚާންއަށް ފަރުވާ ދެއްވާ ޑޮކްޓަރު ޖަލީލް ޕާކަރު ވިދާޅުވީ، ބަލިމީހާގެ މައުލޫމާތުގެ ސިއްރު ހިފަހައްޓަމުން، އިތުރު ތަފްސީލީ މައުލޫމާތު ބުދަ ދުވަހުގެ ހެނދުނު 11 ޖަހާއިރު ނޫސްބަޔާނެއްގެ ޒަރީއާއިން ހާމަކުރާނެ ކަމަށެވެ.

ސަލީމް ޚާން އައިސީޔޫގައި އެޑްމިޓްކުރުމާއެކު އޭނާގެ އާއިލާގެ މެންބަރުން ވަނީ ހޮސްޕިޓަލަށް ޖަމާވެފައެވެ. އޭގެ ތެރޭގައި ދަރިން ކަމަށްވާ ސަލްމާން ޚާން، އަރްބާޒް ޚާން، އަލްވީރާ އަދި އަރްޕިތާގެ އިތުރުން ދަނބިދަރި އާޔޫޝް ޝަރުމާ ހިމެނެއެވެ. އަދި އޭނާގެ ދެ އަނބިކަނބަލުން ކަމަށްވާ ސަލްމާ ޚާން އާއި ހެލެން ވެސް ވަނީ ހޮސްޕިޓަލަށް ގޮސްފައެވެ.

ސަލީމް ޚާންގެ ބަލިހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި އޭނާއަށް އަވަސް ޝިފާއަކަށް އެދި ދުއާކުރަމުންނެވެ.

ސަލީމް ޚާން އަކީ ހިންދީ ސިނަމާގެ ތާރީޚުގައި އެންމެ ނުފޫޒުގަދަ އެއް ސްކްރީން ރައިޓަރެވެ. މަޝްހޫރު 'ސަލީމް-ޖާވިދު' ޖޯޑުގެ މެންބަރެއްގެ ގޮތުގައި އޭނާ ވަނީ 'ޝޯލޭ'، 'ޒަންޖީރު'، 'ދީވާރު' އަދި 'މިސްޓަރ އިންޑިއާ' ފަދަ އިންޑިއާގެ ސިނަމާގެ މިސްރާބު ބަދަލުކޮށްލި ކާމިޔާބު ފިލްމުތައް ލިޔެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޝްހޫރު މޮޑެލް އަދި ބަތަލާ ޓްވިޝާގެ މަރުގެ މައްސަލާގައި މައިދައިތަ ހައްޔަރުކޮށްފިދުނިޔެ | 13 ދުވަސް ކުރިންއިންޑިއާގެ ‘’ކުރަފި ޕާޓީ’’ގެ މަގުބޫލުކަން އިންތިހާ މައްޗަށްދުނިޔެ | 21 ދުވަސް ކުރިންރާއްޖެ-އިންޑިއާ ގުޅުމަށް 60 އަހަރު: ގުޅުން ބަދަހިކުރުމަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފިޚަބަރު | 25 ދުވަސް ކުރިންއެމްޑީޕީ ސަރުކާރުގައި އިންޑިއާއިން ނެގި ލޯނުގެ 50 މިލިޔަން ޑޮލަރު ދައްކައިފިޚަބަރު | މަހެއް ކުރިން