logo
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު - ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިMPL

MPL

ޚަބަރު

އެމްޑީޕީ ސަރުކާރުގައި އިންޑިއާއިން ނެގި ލޯނުގެ 50 މިލިޔަން ޑޮލަރު ދައްކައިފި

އެމްޑީޕީ ސަރުކާރުގައި އިންޑިއާއިން ނެގި ލޯނުގެ 50 މިލިޔަން ޑޮލަރު ދައްކައިފި

އެމްޑީޕީ ސަރުކާރުގައި އިންޑިއާއިން ނެގި ލޯނުގެ 50 މިލިޔަން ޑޮލަރު ދައްކައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު މެއި 11 ވަނަ ދުވަހު ދައްކާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުން ދަރަނި ދެއްކުމުގައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން 2019 ވަނަ އަހަރު ތިން ފަހަރުމަތިން 150 މިލިޔަން ޑޮލަރުގެ ލޯނު، އިންޑިއާއިން ނަގާފައިވާ ކަމަށެވެ. އަދި އެ ލޯނުތައް ނުދައްކާ ރޯލްއޯވަރކުރަމުންގޮސް މި ސަރުކާރަށް އެ ދަރަނި ވާރުތަވިކަން ފާހަގަކުރައްވާ ވިދާޅުވީ އޭގެ ތެރޭގައި މިހާތަނަށް 100 މިލިޔަން ޑޮލަރު ދައްކާ ނިމިފައިވާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ މި ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު އެމަނިކުފާނުގެ ސަރުކާރުން ދައްކާ ނިންމީ 7 ޖަނަވަރީ 2024 ގައި ކަމަށެވެ. އަދި މޭ 11 އަށް 50 މިލިޔަން ޑޮލަރު ދައްކަން ހަމަޖެހިފައިވާތީ އެ ފައިސާވެސް މިހާރު ދައްކާ ޚަލާސްކުރައްވާފައިވާކަމަށެވެ. އަދި ބާކީ 30 މިލިޔަން ޑޮލަރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17ގައި ދައްކަންޖެހޭ ކަމަށާއި އެ ފައިސާވެސް ދައްކަވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ މި ފާއިތުވެދިޔަ 40 ދުވަހުގެ ތެރޭގައި ސުކޫކާއި ސްވޮޕް އަދި ލޯނުތައް ހިމެނޭހެން ރާއްޖޭން ދައްކަންޖެހޭ 974 މިލިޔަން ޑޮލަރު ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ.

ރައީސް ޑރ. މުއއްޒު ވަނީ ދައުލަތުގެ މަތީ މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް އަދި ޤައުމާ ބެހޭގޮތުން ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށާއި ޤައުމުގެ އިޤްތިޞާދު ހަލާކުރުުމަށް ހަޤީޤަތެއް އަދި އަސާސެއް ނެތް ވާހަކަތައް ދައްކަަމުންދާތީ ހިތާމަކުރައްވާ ކަމަށާއި އެގޮތަށް ޢަމަލުނުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު - ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިޚަބަރު | 2 ގަޑިއިރު ކުރިންއެމްޑީޕީން ކަނޑު ގެއްލުވާލި މައްސަލަ: އިހުމާލު ބަލައި ފިޔަވަޅު އަޅަން ކޮމިޝަނެއް އުފައްދައިފިޚަބަރު | 2 ގަޑިއިރު ކުރިންލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ކުރާ މަސައްކަތް ބަލައިގަތުމުން ރައީސްގެ ޝުކުރުޚަބަރު | 9 ގަޑިއިރު ކުރިންރަސްމާލެއަކީ އެތައް މައްސަލައެއްގެ ހައްލު, ދިވެހިންގެ މުސްތަގުބަލްރިޕޯޓް | 21 ގަޑިއިރު ކުރިން