logo
Bank of Maldives

Bank of Maldives

ދުނިޔެ

އީލޮން މަސްކް އާއި އޭނާގެ ދަރިފުޅުގެ މަންމަ އޭޝްލީގެ ގުޅުން ފެށުނީ ޓްވިޓާގެ ޑީއެމް އަކުން

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ޖޫން 2026 - 18:17
މަސްކް އާއި އޭނާގެ ދަރިފުޅުގެ މަންމަ އޭޝްލީގެ ގުޅުން ފެށުނީ ޓްވިޓާގެ ޑީއެމް އަކުން

ދުނިޔޭގެ އެންމެ މުއްސަނދި އެކަކު އަދި ފުރަތަމަ ޓްރިލިއަނަރު ކަމަށްވާ އީލޮން މަސްކް އާއި އޭނާގެ ދަރިފުޅުގެ މަންމަ އޭޝްލީ ސެއިންޓް ކްލެއާގެ ގުޅުން ފެށިގެން އައި ގޮތުގެ ތަފްސީލް އޭޝްލީ ކިޔައިދީފިއެވެ.

"ދަ ޑޮން ލެމަން ޝޯ" ގައި ވާހަކަދައްކަމުން އޭޝްލީ ބުނީ މަސްކް އާއި އޭނާއާ ފުރަތަމަ ގުޅުން އުފެދުނީ މީގެ ތިން އަހަރު ކުރިން މަސްކް އޭނާގެ ޓްވިޓާ ޑައިރެކްޓް މެސެޖް (ޑީއެމް) އަށް މެސެޖެއް ފޮނުވުމުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭޝްލީ ކިޔައިދިން ގޮތުގައި އެމީހުންގެ މެދުގައި އޮތް ގުޅުން ބަދަހިވެގެން ދިޔައީ "ބެބިލޯން ބީ" އަށް ދިން އިންޓަވިއުއަކަށް ފަހުގައެވެ. 

Screenshot 2026-06-21 232326.png

އޭޝްލީ ސެއިންޓް ޝޯވގައި ވާހަކަ ދައްކަނީ

 

"އަހަރެމެން ފުރަތަމަ ބައްދަލުވީ ބެބިލޯން ބީ އަށް އިންޓަވިއުއެއް ދިން ދުވަހު. އެއަށްފަހު ގުޅުން ކުރިއަށް ގޮސް، ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ދަރިއަކު ހޯދަން ނިންމީ،" އޭނާ ހާމަކުރިއެވެ. މި ދެމީހުންގެ ދަރިފުޅު ރޮމިއުލަސް އުފަންވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

އޭޝްލީ އިތުރަށް ބުނި ގޮތުގައި މަސްކްގެ ގެއަށް ޒިޔާރަތްކުރާ އެހެން މީހުންނާ ހިލާފަށް، އޭނާ އެއްވެސް ކަހަލަ އެންޑީއޭ (ނޮން-ޑިސްކްލޯޝާ އެގްރީމަންޓް) އެއްގައި ސޮއިކުރާކަށް ނުޖެހެއެވެ. ނަމަވެސް، ދަރިފުޅު ލިބުނު ފަހުން ދެމީހުންގެ ގުޅުން ގޯސްވެ، ދަރިފުޅުގެ ބެލެނިވެރިކަމާއި ހަރަދުގެ މައްސަލައިގައި ބޮޑު ގާނޫނީ ހަނގުރާމައެއް ވަނީ ފެށިފައެވެ. މަސްކް ފުރަތަމަ ދަރިފުޅުގެ ބަފަާކަމާ މެދު ސުވާލު އުފެއްދި ނަމަވެސް، ޑީއެންއޭ ޓެސްޓުން ވަނީ އެއީ މަސްކްގެ ދަރިއެއްކަން 99.9999 އިންސައްތަ ޔަގީންކޮށްދީފައެވެ.

Screenshot 2026-06-21 232310.png

މަސްކް އޭޝްލީ ސެއިންޓް އަށް ލިބުނު ކުއްޖާ އާއިއެކު

 

މި މައްސަލައިގެ ތެރެއިން އޭޝްލީ ވަނީ ބޮޑު މާލީ ހުށަހެޅުމެއްގެ ވާހަކަވެސް ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، މި ގުޅުމުގެ ވާހަކަ ސިއްރުކުރުމަށް ޝަރުތުކޮށް 40 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް އޭނާއަށް ލިބުނެވެ.

 "އަހަރެން އެ ހުށަހެޅުން ގަބޫލެއް ނުކުރަން. އަހަރެން ބޭނުންވަނީ އަހަރެންގެ އަބުރުވެރިކަން ހިފަހައްޓަން، އަދި އަންހެނުން މިފަދަ ކަންކަމުގައި އަޑުއުފުލަން ޖެހޭ ކަމަށް ގަބޫލުކުރަން،" އޭޝްލީ ބުންޏެވެ.

އެ ހުށަހެޅުމުގައި ހިމެނެނީ ވަގުތުން ދޭ 15 މިލިއަން ޑޮލަރާއި، ކުރިއަށް އޮތް 21 އަހަރު ދުވަހު ކޮންމެ މަހަކު ދޭ 100،000 ޑޮލަރެވެ.

އީލޮން މަސްކް އަކީ މިހާރު ހަތަރު އަންހެނުންނަށް 14 ކުދިން ލިބިފައިވާ ބަފައެކެވެ.

ނޯޓު: އިސްލާމް ދީނުގައި ކައިވެނިން ބޭރު ގުޅުން ހިންގުމަކީ ހައްދު ކަނޑައެޅިފައިވާ ބޮޑު ފާފައެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީޖޭޕީގެ އެމްއެލްއޭއެއްގެ ދަރިފުޅަށް ކައިވެނި ކުރެވުނީ 25 ކައިވެނިކޮށްފައިވާ ކެހިވެރިޔަކާދުނިޔެ | މަހެއް ކުރިންއެންޑްރޫ ޓޭޓްއާ ޓްރަމްޕްގެ ދަރިކަުން ބެރަންގެ ގުޅުން އޮތް ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެން މެލޭނިއާއާއި ޓްރަމްޕަށް ފާޑުކިޔުންދުނިޔެ | މަހެއް ކުރިންތިން ދަރިން ކަރުގައި ހިފާ މަރާލި ކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތުގެ މައެއްގެ މައްޗަށް ޝަރީއަތް ފަށައިފިދުނިޔެ | މަހެއް ކުރިން'ގޮޑްޒިލާ ވާސަސް ކޮންގް' ގެ ބަތަލާ ކޭލީ ހޮޓްލް އުމުރުން 18 އަހަރުގައި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެދުނިޔެ | 2 މަސް ކުރިން