logo
Bank of Maldives

Bank of Maldives

ދުނިޔެ

މަޝްހޫރު އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ޖޫން 2026 - 03:45
މަޝްހޫރު އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ
މަޝްހޫރު އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ

މަޝްހޫރު ޓީވީ ސިލްސިލާ "ބްރޭކިންގ ބޭޑް" އިން ގަސް ފްރިންގްގެ ރޯލުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެމެރިކާގެ އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކޮށްފި ކަމަށް ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓައިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރުކީ އަލް-ޝައިޚް އިއުލާން ކުރައްވައިފިއެވެ.

އަލް-ޝައިޚް ވިދާޅުވި ގޮތުގައި އެސްޕޮސިޓޯ ވަނީ އިސްލާމްދީނުގެ ވަދެވޭ ކަލިމަ (ޝަހާދަތް) ކިޔައި، މޮރޮކޯގެ މިސްކިތެއްގައި ޕްރޮޑަކްޝަން ޓީމުގެ މެންބަރުންނާއެކު ނަމާދުގައި ބައިވެރިވެފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އޭނާ ވަނީ މިސްކިތެއްގެ ތެރޭގައި ޖަމާއަތުގައި ނަމާދުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކުރުމަށް ނިންމީ ސައުދީ އަރަބިއްޔާގައި ހޭދަކުރި ދުވަސްތަކުގައި ލިބުނު ރަނގަޅު ތަޖުރިބާތަކާއި، އެ ގައުމުގައި މަސައްކަތް ކުރިއިރު މުސްލިމުންނާ އޮތް ގުޅުމުގެ ސަބަބުން ކަމަށް އަލް-ޝައިޚް ފާހަގަކުރެއްވިއެވެ. އަދި ފިލްމު ކުރުމުގެ މަސައްކަތުގައި އުޅުނުއިރު ފެނުނު މެހެމާންދާރީއާއި މުޖުތަމައުގެ ގުޅުމަށް އޭނާ ތައުރީފުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޖިއަންކާލޯ އެސްޕޮސިޓޯއަކީ ފިލްމާއި ޓީވީ ދާއިރާގައި އެތައް އަހަރެއްގެ ތަޖުރިބާ ހުރި، ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ފަންނާނެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ "ބްރޭކިންގ ބޭޑް"، "ބެޓާ ކޯލް ސޯލް" އަދި "ދަ މެންޑަލޯރިއަން" ފަދަ އުފެއްދުންތަކުންނެވެ. އޭނާގެ މޮޅު ހުނަރުގެ ސަބަބުން ބައިނަލްއަގުވާމީ ގިނަ އެވޯޑްތަކަކަށް ނޮމިނޭޓްވެފައިވެއެވެ.

ސައުދީ އަރަބިއްޔާއިން އެ ގައުމުގެ މުނިފޫހިފިލުވުމާއި ފިލްމީ ދާއިރާ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، "ސެވަން ޑޯގްސް" އަކީ އެ ގައުމުގައި މިހާރު ފިލްމު ކުރަމުންދާ ބޮޑު އެއް ޕްރޮޑަކްޝަނެވެ. މި މަސައްކަތުގެ ސަބަބުން ދުނިޔޭގެ ފެންވަރުގެ ގިނަ ފަންނާނުންތަކެއް ދަނީ ސައުދީއަށް ޒިޔާރަތްކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފައިސާގެ އަގު ދަށްވުމާއި ވިސާގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން އިންޑިއާ ކިޔަވާ ކުދިން ދެވަނަ ވިސްނުމަކަށްދުނިޔެ | ގަޑިއިރެއް ކުރިންމަޝްހޫރު އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކޮށްފިދުނިޔެ | 2 ގަޑިއިރު ކުރިންމަސްކް އާއި އޭނާގެ ދަރިފުޅުގެ މަންމަ އޭޝްލީގެ ގުޅުން ފެށުނީ ޓްވިޓާގެ ޑީއެމް އަކުން ދުނިޔެ | 11 ގަޑިއިރު ކުރިންއެހީތެރިކަމެއް ނުހޯދާ ގޭގައި ވިހެއުމުގެ ތެރޭގައި އޮސްޓްރޭލިއާގެ އިންފްލުއެންސަރަކު މަރުވެއްޖެދުނިޔެ | 2 ދުވަސް ކުރިން