logo
MPL

MPL

ޚަބަރު

ފުރުޤާން މިސްކިތުގެ ކުޑަދޮރަކަށް ގެއްލުންދީ ބިއްލޫރިގަނޑު ތަޅައިލައިފި

މަރިޔަމް މާޙީ
22 ޖޫން 2026 - 06:06
ފުރުޤާން މިސްކިތުގެ ކުޑަދޮރަކަށް ގެއްލުންދީ ބިއްލޫރިގަނޑު ތަޅައިލައިފި

މާލޭގައި ހުންނަ މަސްޖިދުލް ފުރުޤާން މިސްކިތުގެ ކުޑަދޮރަކަށް ބަޔަކު ގެއްލުންދީ، އެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާގައި މިސްކިތަށް ލިބިފައިވާ ގެއްލުންތައް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިސްކިތުގެ ބިއްލޫރިގަނޑު ތަޅައިލައިފައިވާ ފޮޓޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

މި ކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް މި އަމަލު ކުށްވެރިކުރައްވައި ވިދާޅުވީ، އިސްލާމްދީނުގައި ނުހަނު ބޮޑަށް ޙުރުމަތްތެރިކޮށް ހިތުމަށް އަންގަވައިފައިވާ މިސްކިތްތަކަށް މި ފަދަ ގެއްލުންތައްދޭ ފަރާތްތައް ހޯދައި، އެ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ފުލުހުންނަށް ގޮވައިލައްވާ ކަމަށެވެ.

މޭޔަރ ޢާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މާލެ ސިޓީގެ މިސްކިތްތަކަކީ އެންމެހައި ރައްޔިތުންގެ އިޙުތިރާމާއި ރައްކާތެރިކަން ލިބެންޖެހޭ މުގައްދަސް ތަންތަނެވެ. އަދި މި ފަދަ ނާތަހުޒީބު ކަންކަމަކީ މުޖުތަމަޢުގެ ތެރޭގައި އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަދިރި ނައްތާލުމުގެ މަސައްކަތުގެ ތެރެއިން ޖުލައި މަހު 1651 ތަން ބަލައިފިޚަބަރު | 9 ދުވަސް ކުރިންމާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި ބަސް ސްޓޭޝަން ހުޅުވައިފިޚަބަރު | 19 ދުވަސް ކުރިންމާލޭގެ އެއްގަމު ދަތުރުފަތުރުގެ ސަބަބުން އަހަރަކު 187,000 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވޭޚަބަރު | މަހެއް ކުރިންމާލޭގެ މަގުމައްޗަށް ގޮދަޑިއެއް ދޫކޮށްލި ފަރާތެއް ހޯދަނީޚަބަރު | 2 މަސް ކުރިން