އަމާން ދޯދި ފްލެޓަކުން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ
23 ޖޫން 2026 - 03:02

ހުޅުމާލެ ފޭސް 2 ގައި ހުންނަ އަމާން ދޯދި ފްލެޓަކުން 16 އަހަރުގެ ކުއްޖަކު ހޯމަ ދުވަހުގެ ރޭ ވެއްޓިއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ހުޅުމާލެ ފޭސް 2 އަމާން ދޯދި 5 ގެ ދެ ވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 23:14 އެހައިކަންހާއިރުއެވެ.

Ad by Hajj Corporation
މި ހާދިސާގައި އަނިޔާވި ކުއްޖާ ވަނީ ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. އެއަށްފަހު އިތުރު ފަރުވާއަށް އެ ކުއްޖާ ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.
އެ ކުއްޖާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް އަދި ސާފެއް ނުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


