logo
Bank of Maldives

Bank of Maldives

ޚަބަރު

މެންޓަލް ހެލްތު ހޮސްޕިޓަލު އަޅަން ހަމަޖެހިފައިވަނީ ހުޅުމާލޭގައި: ވަޒީރު ގީލާ

މަރިޔަމް މާޙީ
23 ޖޫން 2026 - 06:04
މެންޓަލް ހެލްތު ހޮސްޕިޓަލު އަޅަން ހަމަޖެހިފައިވަނީ ހުޅުމާލޭގައި: ވަޒީރު ގީލާ

ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޚާއްސަ ހޮސްޕިޓަލެއް ބިނާކުރުމަށްޓަކައި ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވާ ކަމަށް ސިއްހީ ކަންތައްތަކާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގްރޭޓާ މާލެ ސަރަހައްދުގައި އަޅަން ނިންމާފައިވާ މެންޓަލް ހެލްތު ހޮސްޕިޓަލާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި 70،000 އަށްވުރެ ގިނަ ކޮންސަލްޓޭޝަން ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. މީގެ ތެރެއިން 45،000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުން ކަމަށްވުމާއެކު، ސަރުކާރުން ނިންމަވާފައިވަނީ މި ހޮސްޕިޓަލް މާލެ ސަރަހައްދުގައި ގާއިމުކުރުމަށެވެ. އެގޮތުން މިހާރު ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް މިކަމަށްޓަކައި ކަނޑައަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ސިއްހީ ފަރުވާގެ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ވަކި ޚާއްސަ ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތުމަކީ ބޮޑު ގޮންޖެހުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މީގެ ކުރީގެ ސަރުކާރުތަކުން މިކަމަށް ދީފައިވާ އަހައްމިއްޔަތު ކުޑަވުމުގެ ސަބަބުން، އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ނަފްސާނީ ބަލިތަކަކީ ރައްޔިތުންގެ މެދުގައި ބޮޑު ހިތްނުތަނަވަސްކަމަކާއި ބިރުވެރިކަމެއް އުފެދިފައިވާ ކަމެއް ކަމަށާއި، މިއީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށެވެ. މިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް މީހުން ޖެހިލުންވުމާއި، ފަރުވާ ހޯދުން ލަސްވުން ފަދަ ކަންކަން ދިމާވަނީ މިދާއިރާއަށް ޚާއްސަ ނިޒާމެއް ގާއިމުވެފައި ނެތުމުން ކަމަށާއި، މި ހޮސްޕިޓަލާއެކު އެކަށީގެންވާ ފަރުވާގެ ނިޒާމެއް އެކަށައެޅިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޓަލް ހެލްތު ހޮސްޕިޓަލު އަޅަން ހަމަޖެހިފައިވަނީ ހުޅުމާލޭގައި: ވަޒީރު ގީލާޚަބަރު | 2 ގަޑިއިރު ކުރިން