logo
MPL

MPL

ޚަބަރު

ސިއްހީ ދާއިރާއަށް ޓެކްނޮލޮޖީ ތައާރަފް ކުރުމަކީ ހާއްސަ އިސްކަމެއްދޭ ކަމެއް: ޤީލާ

އައިޝަތު ނަޝާ
5 ނޮވެމްބަރު 2026 - 12:08
ރާއްޖޭގެ ސިއްހީ ދާއިރާއަށް ޓެކްނޮލޮޖީ ތައާރަފް ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް: ޤީލާ

ރާއްޖޭގެ ސިއްހީ ދާއިރާއަށް ޒަމާނީ ފަންނުވެރިކަމާއި، ޓެކްނޮލޮޖީ ތައާރަފް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ އެއް މަސައްކަތް ކަމަށް ހެލްތް މިނިސްޓަރ ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ އިފްތިތާހު ކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ވަޒީރު ގީލާ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ ސިއްހީ ދާއިރާގެ އަމާޒުތައް ހާސިލްކުރުމަށްޓަކައި މި އެކްސްޕޯއިން ފެނިގެންދާ އާ ޚިދުމަތްތަކާއި ވަސީލަތްތަކަކީ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ އުންމީދަކީ ކުރީ އަހަރެކޭ އެއްފަދައިން މިއަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯއަކީ ވެސް އާނުމުންގެ ގިނަ ބަޔަކު ޒިޔާރަތްކުރާ ޝައުގުވެރި އެކްސްޕޯ އަކަށްވުން ކަމަށެވެ.

ވަޒީރު ޤީލާ ވިދާޅުވީ ހެލްތު އެންޑް ފެމިލީ އެކްސްޕޯ ގެ ބޭނުމަކީ ސިއްހީ އަދި އިޖްތިމާއީ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދީ، ޚިދުމަތުގައި ބައިވެރިވާ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ޝޯވ ކޭސްކުރުމުގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި އިޖްތިމާއީ ގޮތުން ބަދަހި މުޖްތަައުއެއް ޤާއިމުކުރުމަށް ބާރުއެޅުމަކީ ވެސް މި އެކްސްޕޯގެ ބޭނުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ އެކްސްޕޯގައި ވެސް ސިއްހީ އަދި އިޖްތިމާއީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކާއެކު 60 އަށް ވުރެ ގިނަ ސްޓޯލް ބެހެއްޓިފައިވާއިރު، މީ މީގެ ކުރީގެ އަހަރުތަކާއި އަޅާ ބަލާއިރު ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް.މިކަމުން ދޭހަކޮށްދެނީ ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް އެންމެން އެކަތިގަނޑަކަށް ވެ މަސައްކަތް ކުރުމަށް ތައްޔާރަށް ތިބިކަން"ވަޒީރު ޤީލާ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ސިއްހީ އަދި އިޖުތިމާއީ ދާއިރާއާއި ގުޅިގެން މަސައްކަތްކުރާ ފަރާތްތަކާއެކު ބާއްވަމުން ގެންދާ މި މުހިއްމު ހަރަކާތް އިތުރަށް ފުޅާކުރުން ކަމަށެވެ. އަދި ދިވެހި މުޖްތަމައަކީ ބަލިތަކުން ދުރުހެލިވެފައިވާ ހަށިހެޔޮ އުފާވެރި މުޖްތަމައަކަށް ހެދުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރެވޭނެ މަގު ފަހިވުން ކަމަށެވެ.

ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މި އެކްސްޕޯ އިންތިޒާމް ކުރުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކާއި ،އެކްސްޕޯގެ ސްޕޮންސަރުންނާއި އަދި ސިއްހީ ދާއިރާގެ އެންމެހާ މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް ފާހަަގަކުރައްވާ އެކަމަށްޓަކާ ހުރިހާ ބޭފުންޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ސިއްހަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި އެކްސްޕޯ އިފްތިތާޙު ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. އެކްސްޕޯ އިފްތިތާޙު ކުރުމުގެ ހަފްލާގައި ރައީސް ވަނީ ސިއްހީ ދާއިރާގެ 156 މަސައްކަތަކާ ގުޅޭ މައުލޫމާތު ހުރި ފޮތެއްވެސް ނެރެދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ސިއްހީ ދާއިރާއަށް ޓެކްނޮލޮޖީ ތައާރަފް ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް: ޤީލާޚަބަރު | 2 ގަޑިއިރު ކުރިންނަފުސާނީ ބައްޔާ މެދު އޮތް ނުރަނގަޅު ތަސައްވުރާއި ލޭބަލްތައް ފޮހެލަންޖެހޭ: ޤީލާޚަބަރު | މަހެއް ކުރިންމެންޓަލް ހެލްތު ހޮސްޕިޓަލު އަޅަން ހަމަޖެހިފައިވަނީ ހުޅުމާލޭގައި: ވަޒީރު ގީލާޚަބަރު | 4 މަސް ކުރިން