logo
MPL

MPL

ޚަބަރު

ނަފުސާނީ ބައްޔާ މެދު އޮތް ނުރަނގަޅު ތަސައްވުރާއި ލޭބަލްތައް ފޮހެލަންޖެހޭ: ޤީލާ

މުހައްމަދު މޫސާމުހައްމަދު މޫސާ
10 އޮކްޓޯބަރު 2026 - 01:35
ނަފުސާނީ ބައްޔާ މެދު އޮތް ނުރަނގަޅު ތަސައްވުރާއި ލޭބަލްތައް ފޮހެލަންޖެހޭ: ޤީލާ

ނަފުސާނީ ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ލޯތްބާއި އޯގާތެރިކަން ދީ، އެފަދަ މީހުންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ޞިއްޙަތާއި އާއިލީ އަދި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ (ޤީލާ އަލީ) ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ނަފުސާނީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކޮމިއުނިޓީ ކަލަރ ރަން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު 10 ވަނަ ދުވަހަކީ ދުނިޔޭގެ ނަފުސާނީ ޞިއްޙަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ ނަފުސާނީ ޞިއްޙަތުގެ ދުވަހުގެ ޝިޢާރު ކަމުގައިވާ "ތަޖުރިބާގެ އަޑުއަހައި އެހުން: ޙަޤީޤީ އަޑު، ޙަޤީޤީ ބަދަލު" މި ޝިޢާރަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ކަރުދާހުގައި ލިޔެވިފައިވާ ސިޔާސަތުތަކަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ކޮންމެ ފަރުދެއްގެ ކިބައިގައި ވެސް ހުރި ތަޖުރިބާތައް ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެކަނިވެރިކަމާއި ހިތްދަތިކަމުގައި ގޮންޖެހުންތައް ތަޙައްމަލު ކުރަމުންދާ މީހުންގެ އަޑު އަހައިގެން މެނުވީ އެފަރާތްތަކަށް ބޭނުންވާ ޙަޤީޤީ އެހީތެރިކަން ފޯރުކޮށްނުދެވޭނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެ އަޑުތައް އަހައި، އެ ޙާލަތްތަކަށް އިޖާބަދޭންވީ ވަގުތަކީ މިއީ. މިއީ ނަފުސާނީ ބަލިތަކާމެދު މުޖުތަމަޢުގައި އަށަގެންފައިވާ ނުރަނގަޅު ތަޞައްވުރުތަކާއި ލޭބަލްތައް މުޅިން ފޮހެލަންޖެހޭ ވަގުތު،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ އެކަކު އަނެއްކަކަށް އަޅާލުމާއި ރައްކާތެރި މާހައުލެއް ބިނާކުރުމަކީ އެންމެންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ އަދި ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި ކާށިދޫގައި ބޭއްވުނު ކަލަރ ރަންއަކީ ހަމައެކަނި ދުވުމެއް ނޫން ކަމަށާއި، މިއީ ޖިސްމާނީ ދުޅަހެޔޮކަމާއެކު އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ލިބުނު ފުރުޞަތެއް ކަމަށާއި ނަފުސާނީ ދުޅަހެޔޮކަމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަން މި ހަރަކާތުން ހަނދާންކޮށްދޭ ކަމަށް ވިދާޅުވިއެވެ.

ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 2024 ވަނަ އަހަރު ތަޢާރަފުކުރި ހެލްޕްލައިން 1677 އަކީ މި ދާއިރާއިން ރައްޔިތުންނާއި ސަރުކާރާ ދެމެދު އެޅުނު މުހިންމު ފާލަމެކެވެ. މި ހެލްޕްލައިން މެދުވެރިކޮށް މިހާތަނަށް 23،000 އަށްވުރެ ގިނަ މީހުން ވަނީ އެހީތެރިކަން ހޯދާފައެވެ.

މީގެ އިތުރުން، ނަފުސާނީ ބަލީގެ ފަރުވާ އަތޮޅުތަކަށް ފުޅާކުރުމަށާއި، މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޚާއްޞަ ސިޔާސަތުތަކެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަފުސާނީ ބައްޔާ މެދު އޮތް ނުރަނގަޅު ތަސައްވުރާއި ލޭބަލްތައް ފޮހެލަންޖެހޭ: ޤީލާޚަބަރު | ގަޑިއިރެއް ކުރިންލެބޯޓަރީ ހިދުމަތާއެކު މަރޮށި ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކޮށްފިޚަބަރު | 7 ދުވަސް ކުރިން"ކޮމިއުނިޓީ އެމްޕަވަމަންޓް ހަބް" އަންނަ އޮކްޓޯބަރު މަހު ހުޅުވަނީޚަބަރު | 10 ދުވަސް ކުރިންގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނާއި ދަރިންނަށް ވަށާޖެހޭ އެހީ ދިނުމަށް 3 މަރުކަޒެއް ޤާއިމުކުރަނީޚަބަރު | 13 ދުވަސް ކުރިން