logo
MPL

MPL

ޚަބަރު

އައިޖީއެމްއެޗް، އައްޑޫ އަދި ހުޅުމާލެ ހޮސްޕިޓަލްތަކާއި މެޑިކަލް އިންޓާންޝިޕް ފުރުސަތުތައް ފުޅާކޮށްފި

އައިޝަތު އީމާން ރަޝީދު
25 ނޮވެމްބަރު 2026 - 06:35
މިނިސްޓަރ ޑރ. ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގައި
މިނިސްޓަރ ޑރ. ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގައި

މެޑިކަލް ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ހޮސްޕިޓަލްތަކުން އިންޓާންޝިޕްގެ ފުރުސަތުތައް ހޯދައިދީ، އިންޓާންޝިޕް ފުރިހަމަކުރުމަށް ފަހު ސިއްހީ ހިދުމަތަށް ނެރުމުގެ މަސައްކަތްތައް ފުޅާކޮށް، ގިނަ އަދަދެއްގެ ދަރިވަރުންނަށް ފުރުސަތުތައް ހަމަޖައްސައިދީފައިވާ ކަމަށް ހެލްތް މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ގީލާ އަލީ ވިދާޅުވީ، އައިޖީއެމްއެޗުން މިހާރުވެސް 20 ޑޮކްޓަރަކަށް އިންޓާންޝިޕްގެ ފުރުސަތު ދީ، އެ ޑޮކްޓަރުން ގްރެޖުއޭޓްވެފައިވާ ކަމަށެވެ. މީގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރުވެސް 15 ދަރިވަރަކު އިންޓާންޝިޕް ފުރިހަމަކުރަމުން އަންނަ ކަމަށާއި، ހުޅުމާލެ ހޮސްޕިޓަލުގައި ވެސް 15 ދަރިވަރަކު އިންޓާންޝިޕް ފުރިހަމަކުރަމުން އަންނަ ކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ހޮސްޕިޓަލްތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި މެޑިކަލް ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ވެސް އިންޓާންޝިޕްގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ރާއްޖެއިން ބޭރުން ކިޔަވާ ދަރިވަރުންގެ ތެރެއިން 31 ދަރިވަރަކަށް ބަންގްލަދޭޝް އިން އިންޓާންޝިޕް ޕްލޭސްމަންޓް ހަމަޖައްސައިދީފައިވާނެ ކަމަށް އެކަމާ ފާހަގަ ކުރެއްވެވި އެވެ.

މެޑިކަލް ދާއިރާގެ ދަރިވަރުން ތަމްރީނުކޮށް، އިންޓާންޝިޕްގެ މަރުހަލާ ފުރިހަމަކުރުމަށް ފަހު ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ތެރެއަށް ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އިން 15 އަށް އިތުރުކުރަނީޚަބަރު | 36 މިނިޓު ކުރިންއައިޖީއެމްއެޗް، އައްޑޫ އަދި ހުޅުމާލެ ހޮސްޕިޓަލްތަކާއި މެޑިކަލް އިންޓާންޝިޕް ފުރުސަތުތައް ފުޅާކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއަމާޒަކީ، ވީހާވެސް ގިނަ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން: މުއްތަލިބުޚަބަރު | 19 ގަޑިއިރު ކުރިންސަރުކާރުގެ އަމާޒަކީ ނަފްސާނީ ޞިއްޙަތުގެ ޚިދުމަތް ހަރުދަނާކޮށް ޙައްޤުތައް ޙިމާޔަތްކުރުން: މުޞްޠަފާ ޚަބަރު | ދުވަހެއް ކުރިން