logo
MPL

MPL

ޚަބަރު

ފޭސް2 ގައި ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރަން ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފައި: ގީލާ

އައިޝަތު ނަޝާ
25 ނޮވެމްބަރު 2026 - 13:20
ފޭސް2 ގައި ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރަން ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފައި: ގީލާ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަލްޓިސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވީ، 500 އެނދުގެ ޖާގަ ހިމެނޭ ޒަމާނީ ފެންވަރުގައި ބިނާކުރާ މި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށްށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުޅުމާލޭގައި ތަރައްގީކުރާ މި ބޮޑު ހޮސްޕިޓަލަށް އިކޮނޮމިކް ކައުންސިލުން މިހާރު ހުއްދަ ދީފައިވާ ކަމަށެވެ. އަދި މި ވަގުތު ކުރިއަށްދަނީ އެ ހޮސްޕިޓަލަށް ބޭނުންވާ ޓެކްނިކަލް ސާމާނާއި، ހިދުމަތްތައް ކަނޑައެޅުމާއި އިންޖީނިއަރިންގެ ފަރުމާތައް އެކުލަވާލުމުގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މި ހޮސްޕިޓަލް ގާއިމުކުރެވުމުން، އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ފަރުވާތަކާއި، ކެންސަރު ބަލީގެ ފަރުވާ އަދި ސުޕާސްޕެޝަލިސްޓު ގިނަ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ރައްޔިތުންނަށް ލިބިގެންދާނެ" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު ހިދުމަތް ދެމުން އަންނަ ހުޅުމާލެ ހޮސްޕިޓަލްގެ ޖާގަ ބޮޑުކުރުމަށް އެ ހޮސްޕިޓަލާ އިންވެގެން އޮތް ބިމުގައި 250 އެނދު އިތުރުކުރުމުގެ މަޝްރޫއެއް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު އެވެ. މި މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކުރެވިފައި ކަމަށާއި، މިހާރު ކުރިއަށްދަނީ ޓެކްނިކަލް ޕްލޭނާއި ޑިޒައިން ކުރުމުގެ މަރުހަލާ ކަމަށްވެސް ގީލާ ވަނީ ވިދާޅުވެފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭސް2 ގައި ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރަން ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފައި: ގީލާޚަބަރު | ގަޑިއިރެއް ކުރިންނަފުސާނީ ބައްޔާ މެދު އޮތް ނުރަނގަޅު ތަސައްވުރާއި ލޭބަލްތައް ފޮހެލަންޖެހޭ: ޤީލާޚަބަރު | 2 މަސް ކުރިންގައިންގަޔަށް ނާރާ ބަލިތަކުގައި އަހަރަކު %84 މީހުން މަރުވޭ، އަމާޒަކީ މިކަން ކޮންޓްރޯލު ކުރުން: ވަޒީރު ގީލާޚަބަރު | 7 މަސް ކުރިން