logo
MPL

MPL

ޚަބަރު

މާލޭގެ ޕާކުތައް ދަންވަރު 12 ޖަހަންދެން ހުޅުވާފައި ބަހައްޓަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި

މަރިޔަމް މާޙީ
24 ޖޫން 2026 - 08:50
މާލޭގެ ޕާކުތައް ދަންވަރު 12 ޖަހަންދެން ހުޅުވާފައި ބަހައްޓަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި

މާލޭގެ ޕާކުތައް ހުޅުވާފައި ހުންނަ ވަގުތު ދަންވަރު 12:00 އާ ހަމައަށް އިތުރުކުރުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

މިގޮތަށް ނިންމެވީ މިއަދު ބޭއްވި އެ ކައުންސިލުގެ އާންމު ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ޕާކުތައް ބަންދުކުރާ ގަޑި އުވާލުމަށް ފުރަތަމަ ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާންއެވެ. އޭނާގެ ހުށަހެޅުއްވުމުގައި ފާހަގަކުރެއްވި ގޮތުގައި، ލޮނުޒިޔާރަތް ޕާކު ފަދަ ތަންތަނުގައި އެކަށީގެންވާ ސެކިއުރިޓީ އިންތިޒާމުތައް މިހާރުވެސް ގާއިމުކުރެވިފައިވެއެވެ.

އަދި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ސީސީޓީވީ ކެމެރާ ހަރުކޮށް، ފުލުހުންގެ އެހީތެރިކަމާއެކު އެ ސަރަހައްދުތައް މޮނިޓަރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އޭނާ ލަފާދެއްވިއެވެ.

ނަމަވެސް، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް ލަބާން ޝަރީފް ހުށަހެޅުއްވީ ޕާކުތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ބަދަލުގައި، ބަންދުކުރާ ގަޑި ދަންވަރު 12:00 އަށް ބަދަލުކުރުމަށެވެ. ކައުންސިލަރުން މިގޮތަށް ހުށަހެޅުއްވި މައިގަނޑު ސަބަބަކީ، މުޅި ރޭގަނޑު ޕާކުތައް ހުޅުވާފައި ބެހެއްޓުމަކީ ކުށްކުރުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް ފެންނާތީއެވެ.

މި މަޝްވަރާތަކަށްފަހު ކައުންސިލުން ނިންމެވީ، މާލޭގެ ހުރިހާ ޕާކުތަކެއް ކޮންމެ ދުވަހެއްގެ ފަތިހު 05:30 އިން ފެށިގެން ދަންވަރު 12:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓުމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަދިރި ނައްތާލުމުގެ މަސައްކަތުގެ ތެރެއިން ޖުލައި މަހު 1651 ތަން ބަލައިފިޚަބަރު | 9 ދުވަސް ކުރިންމާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި ބަސް ސްޓޭޝަން ހުޅުވައިފިޚަބަރު | 19 ދުވަސް ކުރިންމާލޭގެ އެއްގަމު ދަތުރުފަތުރުގެ ސަބަބުން އަހަރަކު 187,000 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވޭޚަބަރު | މަހެއް ކުރިންމާލޭގެ މަގުމައްޗަށް ގޮދަޑިއެއް ދޫކޮށްލި ފަރާތެއް ހޯދަނީޚަބަރު | 2 މަސް ކުރިން