logoEN
ޚަބަރު

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށްއަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފި.

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން

16 އޮކްޓޯބަރު 2024 - 07:12

ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށްއަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ ގްރީން ޓެކްސް ނަގަނީ ރައްޔިތުން މީހާގެ އަތުން ނޫން ކަމަށާއި އޭގެއިން ރައްޔިތުމިހާ އަކަށް ވާނެ ގެއްލުމެއް ނެތްކަމަށާއި ވާނީ ފައިދާ ކަމަށެވެ. އައިބީ ވިދާޅުވީ ޚިދުމަތްތައް ގާއިމް ކުރެވޭނީ ފައިސާ ޚަރަދުކޮށްގެން އެކަމަށްޓަކައި ނިޒާމުތައް ގާއިމްކޮށްގެން ކަމަށެވެ. އަދި މިފަދަ އިސްލާހުތައް ގެނެސްގެން ނޫނީ ޤައުމު ކުރިއެއް ނާރާނެކަމަށް އައިބީ ވަނީ ފާހަގަކުރައްވާފައެވެ.

undefined

އަޅުގަނޑުމެން ޓެކްސް ނަގާ ވާހަކަ ދަައްކާއިރު ދިވެހިރާއްޖެއަށް މިދަތުރުކުރާ ފަތުރުވެރިން ދަތުރުކުރަނީ ރާއްޖެއަކަށް އެކަންޏެއް ނޫން. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްފަ އަންނަނީ. ޓޫރިސްޓުންނަށް އެބަ އެނގޭ ޓެކްސް ނަގާ ގައުމްތަކުން އެބަ ޓެކްސް ނަގާކަން. ރާއްޖެ އެކަންޏެއް ނޫން ކައިރީގައި މިއޮތް ބޫޓާނުން ވެސް ޓެކްސް ނަގާ. ދުވާލަކަށް ބޮޑު މީހެއްގެ އަތުން އެބަނަގާ 100 ޑޮލަރު. ކުޑަކުދިން އަތުން އެބަ ނަގާ 50 ޑޮލަރު. ހީވަނީ އާކަމެއް ވެގެން އުޅޭހެން. ރައްޔިތުންނަށް އެއްޗެއް ލިބޭތީހާދަ ވަރެއް އެބަވެޔޭ އަޅުގަނޑު ހިތަށްއަރާ.- ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ

އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ސަރުކާރުން ޓެކްސް ބޮޑު ކުރާ ސަބަބެއް ބަޔާން ކޮށްފައެއް ނުވާ ކަމަށާއި އަދި ސަރުކާރުގެ އެއްވެސް ކަމަކަށް ތާއީދު ކުރައްވަން ޖެހޭ ފަދަ އެއްވެސް ސަަބަބެއް މިހާތަނަށް ދެއްކިފައިނުވާކަމަށެވެ،

undefined

މިބިލަށް އަޅުގަނޑު ބޮޑުކޮށް ތާއީދު ނުކުރަން. ތާއީދު ކުރަންޖެހޭ ސަބަބެއް މިހާތަނަށް ސަރުކާރަށް އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެވިފައެއް ނެތް އިއްޒަތްތެރި ރައީސް. ޓެކްސް ހުށައެޅުމުގެ ތެރެއިންވެސް ޓެކްސް ބޮޑު ކުރަނީ ކީއްވެކަމެއް ޓެކްސް ބޮޑު ކުރީމާ ދެން ވާނީ ކިހިނެއް ކަމެއް އަޅުގަނޑުމެންކަަށެއް ބުނެދެވިފައެއް ނުވޭ. އަޅުގަނޑުމެންނަށް ހަމަ ޔަގީން ކަށަވަރު މި ޓެކްސް ބޮޑު ކުރުމާއި ގުޅިގެން މި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު، އެރައިވަލްސް ގެ އަދަދު ބޮޑުތަނުން ދަށްވާނެ. މި ބިލުގެ ފައިދާ ކުރާނީ އަވަށްޓެރި ގައުމްތަކަށް-ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ސަރުކާރުން މިއަދު ހުށައެޅި އިސްލާހުގައި ފަތުރުވެރިއެއްގެ ބޮލަކުން ނަގާ ގްރީން ޓެކްސް 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުމަށް ހުށައަޅާފައެވެ. އަދި 2 އަހަރުން ދަށުގެ ކުޑަ ކުދިންގެ އަތުން މީގެ ކުރިން ނަގަމުން އައި ޓެކްސް ނެގުން ހުއްޓާލުމަށް ވެސް ވަނީ ހުށައަޅާފައެވެ.

ކޮމެންޓް

871x217_placeholder