ސަރުކާރާއި އެކީ ބޮޑެތި މައްސަލަތައް ހައްލުކުރަން ބޭނުން: ނާޒިލް

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ފޮޓޯ--/ ރައްޔިތުންގެ މަޖިލީސް

21 އޮކްޓޯބަރު 2024 - 08:28
ބޮޑެތި މައްސަލަތަކުގައ އަބަދުވެސް އެމްޑީޕީން ބޭނުން ވަނީ ސަރުކާރާއި އެކީގައި މަސައްކަތް ކުރެއްވުމަށް ކަމަށް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ.
ނާޒިމް މިހެން ވިދާޅުވީ މެންދުރު ޓީވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ގޯތި ނުލިބޭ މައްސަލާގައި އެމްޑީޕީން ކުރިއަށްގެންދިޔަ އިހުތިޖާޖު ނިންމާލާމުން އެމްޑީޕީ ހަރުގޭގައި ހުންނަވައި ނާޒިލް ވިދާޅުވީ ރައްޔިތުންގެ ހައްގަށް އުނިކަމަށް ނާންނަ ގޮތަށް ސަރުކާރުން ކުރާ އެއްވެސް ކަމެއްގައި އެމްޑީޕީގެ ކަންބޮޑުވުން ފާޅުނުކުރާނެ ކަމަށާއި އެފަދަ އެއްވެސް ކަމެއްގައި އެމްޑީޕީގެ އެއްވެސް މެންބަރެއް އަދި ލީޑަރެއްގެ ފަރާތުން ސަރުކާރަކަށް އުނދަގުލެއް ކުރިމަތި ނުވާނެ ކަމަށެވެ.
ސަރުކާރާއި އެކީގައި ކުރެވެން ހުރި ބޮޑެތި މަސަައްކަތް ކުރުން އެއީ އަޅުގަނޑުމެން އަބަދުވެސް ބޭނުންވާ ގޮތަކީ. ރައްޔިތުންގެ ހައްގަށް އުނިކަމެއް ނާންނަގޮތަށް ސަރުކާރުން ކުރާ އެއްވެސް ކަމެއްގައި އެކަމަކާއި ދޭތެރޭ އަޅުގަނޑުމެންގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް އުނދަގޫވާ ފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުން އެއީ އަޅުގަނޑުމެން އެމްޑީޕީގެ މެންބަރުން ވެސް އަދި އެމްޑީޕީ ޕާލެމެންޓްރީ ގްރޫޕުން ވެސް އަޅުގަނޑުމެން އެއްވެސް ބައެއްގެ ވިސްނުން އޮތް ކަމެއް ނޫން. އެމްޑީޕީ ލީޑާޝިޕުން އަބަދުވެސް ވިސްނަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް. އަދި އެއީ ކަމަށް އަޅުގަނޑު މިބަލަނީ އެންމެ ފަސޭހައިން ކުރިއަށްދެވޭނެ ގޮތް. ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް
ނާޒިލް ވަނީ މިއަދު އެމްޑީޕީން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ބައިވެރިވެލައްވާފައެވެ.