ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާ އަށް ވަޑައިގަންނަވަނީ
21 ޑިސެމްބަރު 2024 - 10:33

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އިންޑިއާއަށް ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޕަބިތުރާ މާގެރީޓާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ވަފްދަކާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad by Hajj Corporation
ފެބްރުއަރީ 10 އިން 14 އަށް މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަން ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މި ރަސްމީ ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވާއިރު މިއީ މަޖިލިސް ރައީސް ކަމާއި ހަވާލުވުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
ނަމަވެސް މި ދަތުރުފުޅާ ގުޅޭ އެއްވެސް ތަފްސީލެއް މަޖިލީހުން ހާމަކޮށްފައި ނުވެއެވެ.


