logo
Bank of Maldives

Bank of Maldives

ޚަބަރު

ފުވައްމުލައް ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު ހުކުރު ދުވަހު ހަވީރު ހުޅުވަނީ

އައިޝަތު އިނާޝާ
25 ޖޫން 2026 - 11:21
ފުވައްމުލައް ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު ހުކުރު ދުވަހު ހަވީރު ހުޅުވަނީ

ފުވައްމުލައް ސިޓީގައި ސަރުކާރުން އިމާރާތްކުރި ޤުރުއާނާއި ބެހޭ މަރުކަޒު ހުކުރު ދުވަހު ހަވީރު ހުޅުވަން ތައްޔާރުވެއްޖެއެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ފުވައްމުލައް ސިޓީގައި ޤުރުއާނާއި ބެހޭ މަރުކަޒު ހުޅުވުމަށްފަހު ޤުރުއާން ޙިފްޡުކުރުމުގެ ޕްރޮގުރާމުތައް އެ ސިޓީގައި އިތުރު ކުރާނެކަމަށާއި އަދި މުދައްރިސުންގެ އަދަދުވެސް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، ފުވައްމުލަކު ސިޓީގެ އިސްލާމީ މަރުކަޒު ޑިޒައިންކޮށް ނިމި، ކައުންސިލްގެ ބަހެއް ހޯދުމަށް ކޮންސެޕްޓު ފުވައްމަލު ސިޓީ ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ. އިސްލާމީ މަރުކަޒު ނިމުމުން އެތަން ބަދަލު ވާނީ ޤުރުއާނާއި ބެހޭ މަރުކަޒަށް ކަމަށާއި، މިހާރު ހުޅުވާ ޤުރުއާނާއި ބެހޭ މަރުކަޒު ބަދަލުވާނީ ވަޤުފު ބިނާއަކަށް ކަމަށެވެ. މިތަނުން ލިބޭ ފައިސާ ޚަރަދު ކުރާނީ ފުވައްމުލަކު ސިޓީގެ ދީނީ އެކި ކަންކަމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މިހާރު 16 ޤުރުއާން މަރުކަޒެެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލައް ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު ހުކުރު ދުވަހު ހަވީރު ހުޅުވަނީޚަބަރު | 2 ގަޑިއިރު ކުރިންރާއްޖެ އިސްލާމްވީތާ 900 އަހަރުވާ މުނާސަބަތާއި ގުޅުވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއްޚަބަރު | 20 ދުވަސް ކުރިންއިންޑޮނޭޝިޔާއާ ގުޅިގެން އިސްލާމީ ދާއިރާއިން ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިން