ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން 51 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފި
26 ޖޫން 2026 - 19:00

އެމްއެންޑީއެފް ކޯސްޓްގާޑުން ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ޞިއްޙީ އަވަސް ފަރުވާ ބޭނުންވި 51 ބަލިމީހަކު އެއް ރަށުން އަނެއް ރަށަށް އުފުލައިދީ، ކާމިޔާބު މެޑިކަލް އިވެކުއޭޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން 18 އިން ޖޫން 25 ގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ބަލިމީހުން އުފުލުމުގެ 51 އޮޕަރޭޝަނެއް ކޯސްޓްގާޑުން ވަނީ ހިންގާފައެވެ. މި ޚިދުމަތަކީ ރާއްޖޭގެ ރަށްރަށުގައި ތިބޭ ބަލިމީހުންގެ ތެރެއިން ކުއްލި ފަރުވާ ބޭނުންވާ ފަރާތްތައް، ފަރުވާގެ ވަޞީލަތްތައް ގާއިމުވެފައިވާ ހޮސްޕިޓަލްތަކަށް އަވަހަށް ގެންގޮސްދިނުމަށްޓަކައި އެމްއެންޑީއެފުން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ މުހިންމު ޚިދުމަތެކެވެ.

Ad by Hajj Corporation
މި އިވެކުއޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އެކި އަތޮޅުތަކުން، ބަލިމީހުންނަށް ބޭނުންވާ ޚާއްޞަ ފަރުވާ ހޯދުމަށްޓަކައި ސަރަޙައްދީ ހޮސްޕިޓަލްތަކަށާއި، މާލޭގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލްތަކަށް ގެނައުމަށެވެ. މި އޮޕަރޭޝަންތަކުގެ ދަށުން އުފުލި މީހުންގެ ތެރޭގައި ތަފާތު ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި، ކުއްލި ޙާދިސާތަކުގައި އެކިވަރުގެ އަނިޔާލިބޭ ފަރާތްތައް ހިމެނެއެވެ.


