logo
MPL

MPL

ޚަބަރު

އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތަކެއްދިނުމުން ބަދަލުހިފާނެ ކަމަށް އިންޒާރުދީފި

ޒިދާން މުޙައްމަދު
27 ޖޫން 2026 - 12:01
އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތަކެއްދިނުމުން ބަދަލުހިފާނެ ކަމަށް އިންޒާރުދީފި

އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، އީރާނުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފިއެވެ.

މި ހަމަލާތައް ދީފައިވަނީ ބުރާސްފަތި ދުވަހު ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އީރާނުން ހަމަލާދިން ކަމަށް ބުނެ، އޭގެ ރައްދުގައި މިސައިލާއި ޑްރޯން ބޭނުންކޮށްގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކުރި ގޮތުގައި، އެމީހުންގެ އަމާޒަކަށްވީ އީރާނުގެ ހަތިޔާރު ރައްކާކުރާ ގުދަންތަކާއި އައްސޭރިފަށުގައި ހުރި ރާޑަރު ސިސްޓަމްތަކެވެ. މީގެ އިތުރުން، އީރާނުން 'އެމްވީ އެވަރ ލަވްލީ' އަށް ދިން ހަމަލާއަކީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފު އަމަލެއް ކަމަށްވެސް އެމެރިކާއިން ވަނީ ތުހުމަތުކޮށްފައެވެ.

މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އީރާނުން އަދި ހާމައެއް ނުކުރެއެވެ. އީރާނުގެ އިންގިލާބީ ލަޝްކަރުން ފުރަތަމަ ނެރުނު ބަޔާން އަނބުރާ ގެންގޮސްފައިވާތީ، އެ ފަރާތުގެ ރަސްމީ ބަހެއް މިވަގުތު ނެތް ނަމަވެސް، ކުރިން ނެރުނު ބަޔާނުގައި ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.

އީރާނު މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް އަޒީޒީ ވިދާޅުވީ، މި ހަމަލާތަކުން ދޭހަވަނީ އެމެރިކާގެ ރައީސް ޓްރަމްޕް ސުލްހައިގެ އެއްބަސްވުންތަކަށް އިހްތިރާމް ނުކުރާ ކަމެވެ. އަދި އެމެރިކާއިން ކުރި މި އަމަލުގެ ސަބަބުން އެ ގައުމުން ހިތާމަކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕްގެ ވިސްނުމަކީ އީރާނަށް އިގްތިސާދީ ގޮތުން ފިއްތުންތައް އިތުރުކުރުވުންދުނިޔެ | 4 ދުވަސް ކުރިންއެމެރިކާއާއެކު ސީދާ އެއްވެސް މަޝްވަރާއެއް ކުރިއަކަށްނުދޭ: އީރާންދުނިޔެ | 8 ދުވަސް ކުރިންއީރާނާއި އެމެރިކާގެ އާ މަޝްވަރާތައް ހޯމަ ދުވަހު ފަށަނީދުނިޔެ | 11 ދުވަސް ކުރިންއީރާނަށް ދޭން އުޅުނު ހަމަލާ ޓްރަމްޕް ހުއްޓައިލީ ގަލްފް ގައުމުތަކުގެ ފިއްތުންތަކާ ހުރެ: ރިޕޯޓުދުނިޔެ | 11 ދުވަސް ކުރިން