logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވޯލްޑް ކަޕް ތާރީޚުގައި އީރާނަކީ އެންމެ ނަސީބު ދެރަ ޓީމުބާ؟

އަބްދުﷲ ޣާނިމް
28 ޖޫން 2026 - 09:55
ވޯލްޑް ކަޕް ތާރީޚުގައި އީރާނަކީ އެންމެ ނަސީބު ދެރަ ޓީމުބާ؟

ވޯލްޑް ކަޕްގެ ނޮކްއައުޓް މަރުހަލާއަށް ފުރަތަމަ ފަހަރަށް ދިއުމަށް އީރާނުން ކުރަމުން އައި އުންމީދުތައް، އޮސްޓްރިއާ އާއި އަލްޖީރިއާ ބައްދަލުކުރި މެޗުގެ ފަހު ވަގުތު އޮސްޓްރިއާ އިން ޖެހި ލަނޑާއެކު ފެނަށް ވެއްޖެއެވެ. މި ނަތީޖާއާއެކު އީރާނަށް ވަނީ މުބާރާތުގެ ގަދަ އަށް ތިންވަނަ ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ގެއްލިފައެވެ.

އާމިރު ގަލެނޯއީގެ އިރުޝާދުގެ ދަށުން ކުޅޭ އީރާން ޓީމުން ގްރޫޕް ޖީގެ ފަހު މެޗުގައި ހުކުރު ދުވަހު މިސްރާ ބައްދަލުކޮށް 1-1 އިން އެއްވަރުވުމުން، އެ ޓީމަށް ލިބުނު ތިން ޕޮއިންޓާއެކު ގަދަ 32 އަށް ދެވޭނެތޯ ބެލުމަށް ހޮނިހިރު ދުވަހުގެ މެޗުތަކުގެ ނަތީޖާއަށް އިންތިޒާރު ކުރަން ޖެހުނެވެ. މިސްރާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި އީރާނުން ޖެހި ލަނޑު އޮފްސައިޑް ކަމަށް ނިންމުމަކީ އެ ޓީމަށް ކުރިމަތިވި ފުރަތަމަ ބޮޑު ހިތްދަތިކަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހޮނިހިރު ދުވަހު އަލްޖީރިއާ އިން މެޗުގެ ފަހު ވަގުތު 3-2 އިން އޮސްޓްރިއާގެ މައްޗަށް ކުރި ހޯދުމުން އީރާނަށް ފުރުސަތު އޮތް ކަމަށް ފެނުނެވެ. ނަމަވެސް، މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އޮސްޓްރިއާ އިން ލަނޑެއް ޖަހައި 3-3 އިން އެއްވަރު ކުރުމުން، ދެ ޓީމަށް ވެސް އަނެއް ބުރަށް ދިއުމުގެ ފުރުސަތު ލިބި، އީރާން މުބާރާތުން ކެޓީއެވެ. މިއީ އީރާނުން ވޯލްޑް ކަޕްގައި ވާދަކުރި ހަތްވަނަ ފަހަރެވެ.

މި ފަހަރުގެ މުބާރާތުގައި ބެލްޖިއަމް، ނިއުޒީލެންޑް އަދި މިސްރާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް ބަލިނުވެ އީރާން ކެޓިއިރު، ދަނޑުން ބޭރުގެ ގިނަ ގޮންޖެހުންތަކެއް އެ ޓީމަށް ކުރިމަތިވިއެވެ. ވިސާގެ މައްސަލަތަކާއި ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން، އެމެރިކާގައި ކުޅުނު މެޗުތަކަށް އެ ޓީމަށް ދާން ޖެހުނީ މެކްސިކޯގައި ހުރި އެމީހުންގެ ބޭސްއިން ދަތުރުކޮށްގެންނެވެ. އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދިނީ މެޗުގެ 24 ގަޑިއިރު ކުރިން އެތެރެވުމަށާއި މެޗު ނިމޭ ދުވަހު އެނބުރި ދިއުމަށެވެ.

ޓީމުގެ ކެޕްޓަން މެހްދީ ތަރޭމީ މި ހާލަތު ސިފަކުރީ ލޮޖިސްޓިކަލް "ކާރިސާއެއް"ގެ ގޮތުގައެވެ. "އަހަރެމެންނަށް އެހީވާން ބޭނުންވަނީ ކާކު؟ އަހަރެމެން ބޭރުކޮށްލަން ބޭނުންނަމަ އެންމެ ރަނގަޅު، އެކަމަކު މިއީ އިންސާފެއް ނޫން،" ތަރޭމީ ނޫސްވެރިންނާ ވާހަކަދައްކަމުން ބުންޏެވެ. ކޯޗު ގަލެނޯއީ ވެސް ވަނީ ޓީމަށް "އަނިޔާވެރިވަމުން"ދާ ކަމަށް ބުނެފައެވެ.

އީރާނުގެ ނަސީބު ދެރަކަން ފާހަގަކުރަމުން ގިނަ ބަޔަކު ބުނަނީ، މިސްރާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ތަރޭމީއަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކުރެވުނު ނަމަ ނުވަތަ އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ނުޖެހި ވަން ނަމަ، އީރާން މިއަދު އޮންނާނީ މުބާރާތުގެ ނޮކްއައުޓް މަރުހަލާގައި ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑް ކަޕް ތާރީޚުގައި އީރާނަކީ އެންމެ ނަސީބު ދެރަ ޓީމުބާ؟ކުޅިވަރު | 2 ގަޑިއިރު ކުރިންވަރުގަދަ އުރުގުއާއީވެސް ހިފަހަށްޓައި ކާބޯ ވާޑް ތާރީޚުގެ ތެރެއަށްކުޅިވަރު | 6 ދުވަސް ކުރިންފަހަތުން އަރައި މޮޅުވެ މިޞްރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި މޮޅެއް ހޯދައި ގްރޫޕްގެ އެއްވަނައަށްކުޅިވަރު | 6 ދުވަސް ކުރިންއިރާނާއި ބެލްޖިއަމް ކުޅުނު މެޗު އެއްވަރުވެ ގްރޫޕް ޖީ ގެ ފޯރިގަދަވެއްޖެކުޅިވަރު | 6 ދުވަސް ކުރިން