logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދިން 20 ފަރާތެއްގެ އަގުވަޒަންކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 ޖޫން 2026 - 17:34
ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދިން 20 ފަރާތެއްގެ އަގުވަޒަންކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ އައްޑަނައާއި ހަނދާނީ ރަން ފިލައާއި ހަނދާނީ ފިލާ މިރޭ އަރުވައިފިއެވެ.

މި ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންނަށް ދެމުންގެންދާ އެހީތެރިކަމާއި ބާއްވާ ގާތް ގުޅުން ފާހަގަކޮށް، ޖުމްލަ 20 ފަރާތެއްގެ އަގުވަޒަންކޮށްފައިވާއިރު، އޭގެ ތެރޭގައި ބޭރުގެ އެމްބަސީތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އާންމު ފަރުދުން ހިމެނެއެވެ.

ފުލުހުންގެ ޚިދުމަތަށް ދިގު މުއްދަތަކަށް ދެމުންގެންދާ އެހީތެރިކަން ފާހަގަކޮށް، އެމެރިކާގެ އެމްބަސީއަށް ވަނީ ހަނދާނީ ރަން ފިލާ އަރުވާފައެވެ. މީގެ އިތުރުން ހަނދާނީ އައްޑަނަ ލިބުނު މުއައްސަސާތަކުގެ ތެރޭގައި އެލައިޑް އިންޝުއަރެންސް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، އިންޑިއާ ހައި ކޮމިޝަން، ޖަޕާން އެމްބަސީ، ޗައިނާ އެމްބަސީ، އިނގިރޭސިވިލާތުގެ ހައި ކޮމިޝަން، އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް އަދި ޔޫއެންއޯޑީސީ ހިމެނެއެވެ.

ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ދައުލަތުގެ ބައެއް އިދާރާތަކަށާއި އަމިއްލަ ކުންފުނިތަކަށް ވެސް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. އޭގެ ތެރޭގައި އެމްއެންޑީއެފް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިސްލާމިކް ބެންކް، ކްރިމިނަލް ކޯޓް، އޫރީދޫ މޯލްޑިވްސް، ޕީއެސްއެމް، އެމްޓީސީސީ އަދި ބެންކް އޮފް މޯލްޑިވްސް ހިމެނެއެވެ.

މި ޖަލްސާގައި އާންމު ފަރުދުންގެ ތެރެއިން ފުލުހުންގެ މަސައްކަތްތަކަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް، ކ. ކާށިދޫ، މާވިނަ، އަލްފާޟިލް އަޙްމަދު ޔާސިރު އަށް ވެސް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. މި އިނާމުތަކަކީ ފުލުހުންގެ ޚިދުމަތް ކުރިއެރުވުމުގައި އެކި ފަރާތްތަކުން ވެދޭ އެއްބާރުލުން ފާހަގަކުރުމުގެ ގޮތުން ދެވުނު އިނާމުތަކެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް 20 ފުލުހަކަށް ކުލަ އަދި 7 ފުލުހަކަށް މެޑަލް އަރުވައިފިޚަބަރު | 2 ގަޑިއިރު ކުރިންފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދިން 20 ފަރާތެއްގެ އަގުވަޒަންކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއިމާރާތަކުން ދެ މީހަކު ވެއްޓި އަނިޔާވެއްޖެޚަބަރު | ދުވަހެއް ކުރިންމާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދީފިޚަބަރު | 3 ދުވަސް ކުރިން