logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ 20 ފުލުހަކަށް ކުލަ އަދި 7 ފުލުހަކަށް މެޑަލް އަރުވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 ޖޫން 2026 - 17:44
ރައީސް 20 ފުލުހަކަށް ކުލަ އަދި 7 ފުލުހަކަށް މެޑަލް އަރުވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި އިހުލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވި 27 ފުލުހަކަށް، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އަރުވައިފިއެވެ. މި ޝަރަފުތައް ހަވާލުކޮށްދެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

ދަރުބާރުގޭގައި ބޭއްވި މި ޚާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ފުލުހުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ޖަލްސާގައި ދައުލަތުގެ އިސްވެރިންނާއި، ފުލުހުންގެ މުއައްސަސާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ ކުލަ ލިބުނު އޮފިސަރުން

މި އަހަރު ރައީސުލްޖުމްހޫރިއްޔާގެ ކުލަ ޖުމްލަ 20 އޮފިސަރަކަށް ލިބިލެއްވިއެވެ. އޭގެ ތެރޭގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޢަލީ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ފަޒީން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޙުސައިން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަޒީމް ވަޙީދު، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޙަނީފް ހިމެނެއެވެ.

މީގެ އިތުރުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަޞީރު އިބްރާހީމް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހާރޫން ޢަލީ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ބުޝްރީ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޒާހިރު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ފިރުޝާން ޢަލީ، އިންސްޕެކްޓަރ އޮފް ޕޮލިސް ނާފިޢު އިބްރާހީމް މަނިކު، އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ނަޝީދު، އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިޤްބާލް، އިންސްޕެކްޓަރ އޮފް ޕޮލިސް އިލްޔާސް ޢަބްދުﷲ، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޔަމަން ޢަލީ، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިބްރާހީމް، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މޫމިނާ މޫސާ، އަދި ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ރަމީޒަށްވެސް މި ކުލަ ވަނީ އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ލިބުނު އޮފިސަރުން

ރައީސުލްޖުމްހޫރިއްޔާގެ މެޑަލް މި އަހަރު އަރުވާފައިވަނީ 7 އޮފިސަރަކަށެވެ. އެއީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ސާމީ އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޖުތަބާ ޢަބްދުއްސައްތާރެވެ.

މި މެޑަލްތަކަކީ ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތަކަށް ދެމިތިބެ، މުއައްސަސާގެ ކުރިއެރުމަށާއި ގައުމީ ސަލާމަތަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ އެންމެ މަތީ ޝަރަފުތަކުގެ ތެރޭގައި ހިމެނޭ މެޑަލްތަކެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް 20 ފުލުހަކަށް ކުލަ އަދި 7 ފުލުހަކަށް މެޑަލް އަރުވައިފިޚަބަރު | 2 ގަޑިއިރު ކުރިންފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދިން 20 ފަރާތެއްގެ އަގުވަޒަންކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއިމާރާތަކުން ދެ މީހަކު ވެއްޓި އަނިޔާވެއްޖެޚަބަރު | ދުވަހެއް ކުރިންރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުލަކަށް ވަޑައިގެންފިޚަބަރު | ދުވަހެއް ކުރިން