ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުލަކަށް ވަޑައިގެންފި
27 ޖޫން 2026 - 11:52

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މ. މުލަކަށް ވަޑައިގެންފިއެވެ.
އެކަމަނާގެ މި ދަތުރުފުޅަކީ މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުލަކަށް ވަޑައިގަތުމުން، އެރަށުގެ ބަނދަރު ސަރަޙައްދުން އެކަމަނާއަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެކަމަނާއަށް މަރުޙަބާ ދެންނެވުމަށްޓަކައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދަށް އެއްވެފައެވެ.
މި ދަތުރުފުޅުގެ ތެރެއިން، ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު އެކަމަނާ ޝަރަފުވެރިކޮށްދެއްވާނެއެވެ.
މީގެ އިތުރުން، މުލަކުގައި އަލަށް ތަރައްޤީކޮށްފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.


