logo
MPL

MPL

ޚަބަރު

ހަރަދު ކުޑަކުރަން ލަފާ ދިނަސް، ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަން ހުއްޓާނުލެވޭނެ: ތަރުޖަމާން

ހަރަދު ކުޑަކުރަން ލަފާ ދިނަސް، ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަން ހުއްޓާނުލެވޭނެ: ތަރުޖަމާން

ބޭރުގެ ބައެއް މާލީ އިދާރާތަކުން ހަރަދު ކުޑަކުރުމަށް ލަފާދިން ނަމަވެސް، ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަން ހުއްޓާނުލެވޭނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މިހެން ވިދާޅުވީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވަމުން އަންނަ "ޕްރެސް ވިތް ސްޕޮކްސް" ގައި މައުލޫމާތު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަރުޖަމާން ވިދާޅުވީ އެތެރޭގެ ދަރަނި ކުޑަކުރުމުގެ ގޮތުން ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައިވެސް، އެންމެ ބޮޑުވަރަކަށްވެސް އުނި ވާނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ފައިސާ ކަމަށެވެ. އަދި ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާއިރު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހުއްޓާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން ދައުލަތުގެ މާލިއްޔަތު ރަނގަޅުކުރުމުގެ މަސައްކަތް ކުރަންޖެހެނީ އިގްތިސާދީ ހަރަކާތްތަކާއި ރައްޔިތުންގެ ދިރިއުޅުމަށް ބުރަ ނުވާނެ ގޮތަކަށް ބަލައިގެން ކަމަށާއި އަސާސީ ކަންތައްތައް ހުއްޓާލައިގެން މާލިއްޔަތު ރަނގަޅު ކުރުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރާއްޖޭގެ ބޭރުގެ ދަރަންޏާއި އެތެރޭގެ ދަރަންޏާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ދަރަނިތައް އަދާކުރުމަށް ކަމަށެވެ. އެގޮތުން ބޭރުގެ ދަރަންޏެއް ޑީފޯލްޓް ވެއްޖެނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ގައުމަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ ތެލަށާއި، މުވައްޒަފުންގެ މުސާރަ އަދި އާސަންދަ ފަދަ ޚަރަދުތަކަކީ ރާއްޖޭގެ މާލީ އިދާރާތަކާއި، ލިބޭ ހިލޭ އެހީއާއި ފަތުރުވެރިކަމާއި ކަސްޓަމްސް ޑިއުޓީ ފަދަ ކަންކަމުން ލިބޭ އާމްދަނީން ހަމަޖައްސަންޖެހޭ ކަންކަން ކަމަށެވެ. އަދި އެތެރޭގެ ދަރަނި ހުރީ ސަރުކާރުން ހިތްހަމަޖެހޭ މިންވަރަށްވުރެ މަތީގައިކަމަށާއި އެކަން ހައްލުކުރާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ފާއިތުވި ދެ އަހަރާ އަޅާބަލާއިރު ބޭރުގެ ދަރަނި މިހާރު ހުރީ މެނޭޖްކުރެވިފައިވާ ހާލަތެއްގައި ކަމަށާއި، ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ދައްކަންޖެހޭ ދަރަނީގެ ޕޭމަންޓްވެސް ދެއްކޭނެ ކަމުގެ ޔަގީންކަން ތަރުޖަމާނު ވަނީ ދެއްވާފައެވެ. އަދި ސަރުކާރުން މިހާރު ފަށާފައިވާ މާލީ އިސްލާހީ މަސައްކަތްތައް ނިމުމުން، ދައުލަތުގެ ޚަރަދުތައް ކުޑަވެ، އެތެރޭގެ ދަރަނި ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް އޮފީހުން ނީލަން ކީ ކަތުރުފަނި އެޅި މޭޒެއް، ރައީސުން ބޭނުންކުރެއްވި މޭޒުކޮޅެއް ނޫންޚަބަރު | 3 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ، ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | ދުވަހެއް ކުރިންވާދަވެރި އިންތިހާބެއްގައި ބަންގްލަދޭޝް އިން އާ ރައީސަކު ހޮވުމަކީ މުހިންމު ލަނޑުދަނޑިއެއް ހާސިލްވި ކަމެއް: ރައީސް ޚަބަރު | ދުވަހެއް ކުރިންނ.އަތޮޅު ޓައުންޝިޕް މަޝްރޫޢު އާއި ގުޅުވައި އައު ދޮގެއް އުފަންކުރިޔަސް ހަގީގަތަކީ އެއީ ''ޤައުމަށް ރަނެއް''ރިޕޯޓް | ދުވަހެއް ކުރިން