logo
Bank of Maldives

Bank of Maldives

ޚަބަރު

އަމާޒު ވަރަށް ސާފު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބޭނުންވާ އެހީތެރިކަން ލިބޭނެ: ރައީސް

ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

އަމާޒު ވަރަށް ސާފު ކަމަށާއި މި ދެ އަހަރު ކުދި އަދި މެދު ފަންތީގެ ކޮންމެ ވިޔަފާރިވެރިއަކަށް ވެސް ކުރިއަރައިދިއުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިގުތިސޯދެއް ބިނާކުރުމުގައި ސަރުކާރުން ދެމިތިބޭނެ ކަމަށް ރައީސުލްޖުުމްހޫރިއެްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބަތުގައި ކުރެެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ މިއަހަރު އަދި 2027 ވަނަ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ކުރެވިފައިވާ އަހަރުތަކެއް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދުގެ ވަރުގަދަކަން ބިނާވެފައިވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއެރުން ހޯދައިދީ، ފުރުސަތުތައް ފަހިކޮށްދޭ އެތައް ހާސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މައްޗަށް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން ބައިނަލްއަގުވާމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހު، ވަރުގަދަ އަދި ވިލުންތެރި ދިވެހި އިގްތިސޯދެއް ބިނާކުރުމަށް އެ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރައްވާ ކަމަށާއި 'މޯލްޑިވްސް 2.0' ގެ ދަށުން، މާލީ އެހީތެރިކަމާއި، ޑިޖިޓަލް ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާ އަދި ބައިނަލްއަގުވާމީ މާކެޓްތަކަށް އޮތް ފުރުސަތުތައް ސަރުކާރުން ފުޅާކުރަމުންދާ ކަމަށެވެ.

ސަގާފީ ތަރިކަ އާއި ފަންނުވެރިންނަށް އެހީތެރިވެދޭ ސަގާފީ މަރުކަޒުތަކުން ފެށިގެން، 'ކްރިއޭޓާ ހަބް' އާއި، އެސްއެމްއީ ޑިޖިޓަލް ފައިނޭންސިން، އަދި އަލީބާބާ އާއި ޕޭޕަލް މެދުވެރިކޮށް ބައިނަލްއަގުވާމީ މާކެޓްތަކަށް މަގުފަހިކޮށްދިނުމާއެކު، ކުރިއެރުމާއި ކާމިޔާބީއަށް އާ މަގުތަކެއް ކޮށައިދެމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަރަދު ކުޑަކުރަން ލަފާ ދިނަސް، ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަން ހުއްޓާނުލެވޭނެ: ތަރުޖަމާންޚަބަރު | 12 މިނިޓު ކުރިންއަމާޒު ވަރަށް ސާފު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބޭނުންވާ އެހީތެރިކަން ލިބޭނެ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންޚަތީބުން ބިނާނުކޮށްފިނަމަ، ކުރިމަތިލާންޖެހޭނީ ބޮޑު ގެއްލުމަކާ: މިނިސްޓަރ ޝަހީމްޚަބަރު | 5 ގަޑިއިރު ކުރިންރައްޔިތުންގެ އަޑު އަހައި ހައްލު ހޯދައިދިނުމުގެ ނަމޫނާ ޒައާމަތެއްރިޕޯޓް | 19 ގަޑިއިރު ކުރިން