އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ގްރޭނިޓް ޒާކާ ހޯދުމަށް ޗެލްސީން މަސައްކަތްކުރަނީ
29 ޖޫން 2026 - 04:13
.jpg&w=1920&q=75)
ސަންޑަލޭންޑަށް ކުޅެމުން އަންނަ ގްރޭނިޓް ޒާކާ ހޯދުމަށް ޗެލްސީން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ފްލޯރިއަން ޕްލެޓެންބާގް ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޓްރާންސްފާއާ ގުޅޭގޮތުން ޗެލްސީން އަންނަ ހޯމަ ދުވަހު ސަންޑަލޭންޑާއެކު އާ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ.
މި މުާމަލާތުގެ ތެރެއިން ޗެލްސީން އެންމެ ފުރަތަމަ ހުށަހެޅި 8 މިލިއަން ޕައުންޑުގެ ބިޑް ސަންޑަލޭންޑުން ވަނީ ވަގުތުން ބޭރުކޮށްލާފައެވެ. އެ ކްލަބުން އާންމުކޮށް އަދި ނުރަސްމީކޮށް ވެސް ބުނަމުންދަނީ ކްލަބުގެ ކެޕްޓަން ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، އިތުރު ހުށަހެޅުންތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.

Ad by Hajj Corporation
ނަމަވެސް، ޒާކާ ހުރީ ޗެލްސީއާ ގުޅުމަށް ބޭނުންވެފައެވެ. އޭނާ ބޭނުންވަނީ ބަޔާ ލެވަކޫސަންގައި އޭނާއާއެކު މަސައްކަތްކުރި ކޯޗު ޒަބީ އޮލޮންސޯއާ އަލުން ގުޅުމަށެވެ. މިއީ މި ޓްރާންސްފާ ކުރިއަށް ގެންދިއުމަށް ޒާކާ ބޭނުންވާ މައިގަނޑު ސަބަބު ކަމަށް ބެލެވެއެވެ.
މިކަމާ ގުޅޭގޮތުން ޕްލެޓެންބާގް ކުރި ޓްވީޓެއްގައި ބުނެފައިވަނީ، "މި މުއާމަލާތް ނިންމުމަކީ އުނދަގޫ ކަމެއް ނަމަވެސް، މިހާތަނަށް މިކަން މުޅިން ހުއްޓުމަކަށް ނާދޭ" ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި މި ޓްރާންސްފާއާ ގުޅޭ އިތުރު ކުރިއެރުންތަކެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.


