logo
MPL

MPL

ޚަބަރު

ތިލަމާލެ ބުރިޖުން ޓޯލް ފީ ނެގުމުގެ ވިސްނުމެއް ނެތް: ރައީސް

މަރިޔަމް މާޙީ
29 ޖޫން 2026 - 06:57
ތިލަމާލެ ބުރިޖުން ޓޯލް ފީ ނެގުމުގެ ވިސްނުމެއް ނެތް: ރައީސް

ތިލަމާލެ ބުރިޖުން ޓޯލް ފީ ނެގުމާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ނުވަތަ ދިރާސާއެއް ކޮށްފައި ނުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ސިނަމާލެ ބުރިޖު ހެދި ދުވަސްވަރު ޓޯލް ފީ ނެގުމާ ގުޅޭ ގޮތުން ވަރަށް ތަފްސީލީ ދިރާސާތަކެއް ކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެވިގެން ދިޔަ ކަމަށެވެ. ނަމަވެސް ފަހުން ނިންމީ ޓޯލް ފީ ނުނަގާ ގޮތަށް ކަމަށާއި، ދެން ވެރިކަމަށް އައި އެމްޑީޕީ ސަރުކާރުގައި ވެސް، އަދި މިހާރުގެ ސަރުކާރުގައި ވެސް ހިފަހައްޓަމުން ދަނީ ހަމަ އެ އުސޫލު ކަމަށް ރައީސް ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މިހާރު އެހަދަމުންދާ ބުރިޖުގެ ޓޯލް ފީއެއް ނަގާނެ ތޯ އެއް މަޝްވަރާއެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ޖުމްލަ 300 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގި ސިނަމާލެ ބްރިޖް މަޝްރޫޢު ނިންމައި، ބޭނުންކުރަން ހުޅުވައިލީ 2018 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ. ފަހުން، 2024 ވަނަ އަހަރު ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، މާލެ ސަރަހައްދުގެ ބްރިޖާއި ހައިވޭތައް ބޭނުންކުރާ އުޅަނދުތަކުން ޓޯލް ފީ ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި ނަމަވެސް، ފަހުން ވަނީ ފީ ނުނަގައި ބޭނުންކުރެވޭ ގޮތަށް ނިންމައިފަ އެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވާދަވެރި އިންތިހާބެއްގައި ބަންގްލަދޭޝް އިން އާ ރައީސަކު ހޮވުމަކީ މުހިންމު ލަނޑުދަނޑިއެއް ހާސިލްވި ކަމެއް: ރައީސް ޚަބަރު | 5 ގަޑިއިރު ކުރިންނ.އަތޮޅު ޓައުންޝިޕް މަޝްރޫޢު އާއި ގުޅުވައި އައު ދޮގެއް އުފަންކުރިޔަސް ހަގީގަތަކީ އެއީ ''ޤައުމަށް ރަނެއް''ރިޕޯޓް | 10 ގަޑިއިރު ކުރިންއަންނަ އަހަރު ގިނަބަޔަކަށް ފުލެޓް ލިބޭނެ، އޭގެތެރޭގައި ފުލެޓް އަތުލާފައި ތިބި ގިނަ ބަޔަކު ހިމެނޭނެ: ރައީސް ޚަބަރު | 2 ދުވަސް ކުރިންއެއާޕޯޓް އެޅުމަކީ ދެކޮޅުޖެހޭނެ ކަމެއް، ބޭނުން ވަނީ އެކަން ރަނގަޅަށް ތަންފީޒު ކުރުން: ރައީސްޚަބަރު | 2 ދުވަސް ކުރިން