logo
Bank of Maldives

Bank of Maldives

ޚަބަރު

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ޒިދާން މުޙައްމަދު
29 ޖޫން 2026 - 13:08
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުތަނުން ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާހު ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާ މެދުކަނޑާލުމަށްފަހު ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ. ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި މި ބިލުގައިވަނީ، މިހާރު ސިނގިރޭޓާއި ބިޑި އަދި ހީޓަޑް ޓޮބޭކޯ އުފެއްދުންތަކުން ނަގަމުންދާ ޑިއުޓީއަށް ބޮޑެތި ލުއިތަކެއް ދިނުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިހާރު ނަގަމުންދާ 50 ޕަސެންޓްގެ އެޑްވެލޮރަމް ޑިއުޓީ 30 ޕަސެންޓަށް ކުޑަކުރުމަށާއި، ކޮންމެ ސިނގިރޭޓަކުން ނަގާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުން ހިމެނެއެވެ.މި ބަދަލަކީ ނޮވެމްބަރު 2024 ގައި ސިނގިރޭޓަކުން ނަގާ ޑިއުޓީ 3.30 ރުފިޔާ އިން 8 ރުފިޔާއަށް ބޮޑުކުރުމަށްފަހު، އަލުން އެ އަދަދު ދަށްކުރުމަށް ގެނެވޭ ބަދަލެކެވެ.

މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްވާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ބާވަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގާ ޑިއުޓީ އެއްކޮށް ކަނޑާލުމަށްވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއެމްޑީޕީއަށް ކޮމިޓީތައް ދިނީ އޯގާތެރިކޮށް، އެއީ ކޮށްދޭ ހެޔޮކަންނުފެންނަބައެއް: ފަލާހްޚަބަރު | 4 ދުވަސް ކުރިންމާލީ ވަޒީރު ހަސަންއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިޚަބަރު | 5 ދުވަސް ކުރިންޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން ހުޅުވާލައިފިޚަބަރު | 5 ދުވަސް ކުރިން