logo
MPL

MPL

ޚަބަރު

މާލެ ސަރަހައްދުގެ ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނާ ޝަހީމް ބައްދަލުކުރައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
29 ޖޫން 2026 - 14:39
މާލެ ސަރަހައްދު ފާހަގަކޮށްލެވޭ ޒުވާން ޚަތީބުންނާއި ވަޒީރު ބައްދަލުކުރެއްވުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މާލެ ސަރަހައްދު ފާހަގަކޮށްލެވޭ ޒުވާން ޚަތީބުންނާއި ވަޒީރު ބައްދަލުކުރެއްވުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މާލެ ދާއިރާގައި ހުކުރު ކުރަމުންދާ ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ޚަޠީބުންނާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން މިނިސްޓަރު ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ބައްދަލުކުރެއްވީ މާލެ ސަރަހައްދުގައި ޚުޠުބާ ކިޔަމުންދާ ޒުވާނުންގެ ތެރެއިން ބައެއް ޚަޠީބުންނާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގައި މަސައްކަތްކުރާ ޒުވާން ޚަޠީބުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއާ ބެހޭ ގޮތުންނެވެ. މީގެ އިތުރުން، ޒުވާން ޚަޠީބުންގެ ތެރެއިން އިސްލާމީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަރަބި އިސްލާމީ ޔުނިވަރސިޓީތަކުން ފުރުޞަތު ހޯދައިދިނުމާ ގުޅޭގޮތުން ވެސް ވަނީ ވާހަކަދައްކަވާފައެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، އިސްލާމީ އެކި އެކި ދާއިރާތަކުން މަތީ ތައުލީމު ޙާޞިލްކުރަން ޝައުޤުވެރިވާ ޚަޠީބުންނަށް ޚާއްޞަ ސްކޮަލަރޝިޕް ސްކީމެއް ތަޢާރަފްކުރުމާ ބެހޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

ޚުޠުބާ ކިއުމުގެ އިތުރަށް، މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި މަސައްކަތް ކުރަން ޝައުޤުވެރިވާ ޒުވާން ޚަޠީބުންނަށް އެކަން ދާއިމީކޮށް ކުރެވޭނޭ އިންތިޒާމެއް ހަމަޖެއްސުމާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

ސަރުކާރުން އަންނަނީ ޒުވާން ޚަޠީބުން ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ޒުވާން ޚަޠީބުން އަންނަނީ ހުކުރު ނަމާދު އިމާމުވެ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފިޚަބަރު | 7 ގަޑިއިރު ކުރިންގައުމީ ގުރުއާން މުބާރާތުގެ ސެމީ ފައިނަލަށް ހޮވުނު ބައިވެރިން އިޢުލާންކޮށްފިޚަބަރު | 2 ދުވަސް ކުރިންވަގްފު ފަންޑަށް މީރާ ވެބްސައިޓް މެދުވެރިކޮށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެޚަބަރު | 5 ދުވަސް ކުރިންމާލޭގައި ބިނާކުރާ 15 ބުރީގެ ޤުރްއާނަށް ހާއްސަ ވަޤްފުގެ އިމާރާތާއެކު އިސްލާމީ މަރުކަޒުގެ ދައުރު އަލުން އިޢާދަވާނެ: ޝަހީމްޚަބަރު | 6 ދުވަސް ކުރިން