logo
Bank of Maldives

Bank of Maldives

ޚަބަރު

ދިރާގުން ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ކުޅެގެން އިނާމުތައް އިތުރުކޮށްލެވޭ ގޮތަށް ހަދައިފި

އަޙުމަދު ރިޝާން
30 ޖޫން 2026 - 04:17
ދިރާގުން ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ޕޯސްޓަރ
ދިރާގުން ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ޕޯސްޓަރ

ދިރާގުން ފުޓުބޯޅަ މޫސުމާ ދިމާކޮށް ތައާރަފްކޮށްފައިވާ ކަސްޓަމަރުންގެ މެދުގައި މަގުބޫލު "ޖެހީ ލިބުނީ" އިން ލިބޭ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ޕެނަލްޓީ ޝޯޑައުން ގޭމް މެދުވެރިކޮށް އިތުރުކޮށްލުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ދިރާގުން ބުނީ މި ގޭމްގެ އެހީގައި ލީޑަރބޯޑުގެ އެންމެ ކުރިޔަށް އެރުމަށް އިތުރު ޕޮއިންޓްތައް ހޯދޭނެ ކަމަށެވެ. އަދި ޖެހީ ލިބުނީގައި ބައިވެރިވުމަށް، ދިރާގުއެޕްގައިވާ "ޖެހީ ލިބުނީ" ބެނަރއަށް ފިއްތާލުމަށްފަހު، ސަޕޯޓުކުރާ ޓީމެއް އިހުތިޔާރުކޮށްގެން ފަސޭހަކަމާއެކު ބައިވެރިވެވޭނެ ކަމަށް ވެސް ދިރާގުން މައުލޫމާތުދެ އެވެ. ދިރާގުން ބުނީ އިހުތިޔާރުކޮށްފައިވާ ޓީމުން ޖަހާ ކޮންމެ ލަނޑަކާއެކު 1ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ.

 

މި ލަނޑުތަކާއެކު ހިލޭ ޑޭޓާގެ އިތުރުން ލިބޭ ޕޮއިންޓްގެ އެހީގައި މި ޕްރޮމޯޝަންގެ ނިމިގެންދާއިރު ލީޑަރބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތައް ޕީއެސް5 ސްލިމް 1ޓީބީ، އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165ހަރޒް ކިއުއެޗްޑީ ކަރވްޑް މޮނިޓަރއެއް ލިބި އެވެ.  އަދި، ޖެހީ ލިބުނީގައިވާ ޕެނަލްޓީ ޝޯޑައުން ގޭމް ކުޅެގެން ލީޑަރބޯޑުގެ އެއްވަނަ ހޯދުމަށްޓަކައި ޕޮއިންޓްތައް މިހާރު އިތުރު ކުރެވޭނެ އެވެ.

 

ޖެހީ ލިބުނީއަކީ ދިރާގުން މިހާރު ކުރިއަށްގެންދާ "ފޯރިން ގުގުމާލާ" ކެމްޕެއިންގެ ތެރެއިން ހިންގާ ފޯރިގަދަ ޕްރޮމޯޝަނެކެވެ. ދިރާގުން ބުނީ ފޯރިން ގުގުމާލާ ކެމްޕެއިންއަށް ނަން ދީފައި ވަނީ ފުޓުބޯޅަ ބަލަމުންދާއިރު ސަޕޯޓު ކުރާ ޓީމުން ލަނޑެއް ޖަހާނެ ވަގުތަކަށް ކެތްމަދުވެފައި ވަނިކޮށް އެ ޓީމުން ލަނޑެއް ޖެހުމުން އެ ކުރެވޭ ފޮނި އިހުސާސާއި، ފޯރީގައި އެންމެން އެއް އަޑަކުން ގުގުމާލާއިރު އެ ކުރެވޭ އުފާވެރި ތަޖުރިބާގެ މައްޗަށް ބަލައިގެން ކަމަށެވެ.  

 

ދިރާގުގެ މަގުސަދަކީ، މި ކެމްޕެއިންގެ ތެރެއިން އަގުހުރި އިނާމުތަކާއި އައު ތަޖުރިބާތަކާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަކަމާއި އުފާވެރި ވަގުތުތަކެއް ގެނެސްދިނުން ކަމަށް ވެސް އެކުންފުނިން ބުނެ އެވެ. ދިރާގުން ދަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު ޑިޖިޓަލް ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ.

 

މި ކެމްޕެއިނާ ގުޅޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ:

https://www.dhiraagu.com.mv/personal/promotions/FoarinGugumaalaa

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިރާގުން ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ކުޅެގެން އިނާމުތައް އިތުރުކޮށްލެވޭ ގޮތަށް ހަދައިފިޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން ބާއްވަނީޚަބަރު | 5 މަސް ކުރިންދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު! ޚަބަރު | 10 މަސް ކުރިންހަމައެކަނި 100 އިންސައްތަ ދިވެހި ކުންފުންޏަކަށް ރީ ބްރޯޑްކާސްޓްކުރެވޭ ގޮތަށް އޮތް ޤަވާއިދު އިސްލާޙުކޮށްފިޚަބަރު | އަހަރެއް ކުރިން