logo
MPL

MPL

ޚަބަރު

މަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

އައިޝަތު އިނާޝާ
1 ޖުލައި 2026 - 05:38
މަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

މަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާއިން ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ނ.ކުޑަފަރީ ކައުންސިލުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ މަޝްވަރާކޮށްފިއެވެ.

އޮންލައިންކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ކުޑަފަރީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓުގެ އެންމެ ފަހުގެ އަދާހަމަ ވަޒީރު ޝިޔާމް ވަނީ ކުޑަފަރީ ކައުންސިލާ ހިއްސާ ކުރައްވާފައެވެ.އަދި އެ ވުޒާރާއިން ކުރިއަށްގެންދާ ފަރުމަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން މެރިކަލްޗަރ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތާއި އަދާހަމަ ވަނީ ޙިއްޞާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބައްދަލުވުމުގައި ކުޑަފަރީ ކައުންސިލުން އެ ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ވަޒީރާއި ހިއްސާކުރައްވާފައެވެ.

މީގެއިތުރުން މަނިޔަފުށީގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމުތަކާ ގުޅޭ މައުލޫމާތާއި ތަމްރީނު ފުރުސަތުތަކާއި ގުޅޭގޮތުންނާއި ވުޒާރާއިން ހިންގާ ފަތްކެޔޮ ޕްރޮޖެކްޓާ ގުޅޭ މައުލޫމާތުވެސް މި ބައްދަލުކުރެއްވުމުގައި ހިއްސާކުރިއެވެ.

އަދި ނ.ކުޑަފަރީ ރުއްގަހަށް ފެތުރެމުންދާ ބަލި ކޮންޓްރޯލްކުރުމަށްޓަކައި މިނިސްޓްރީގެ ފަންނީ އެހީތެރިކަން ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ވެދެވެންއޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ޝިޔާމް ދެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާރުކޭޓް ކޮމްޕްލެކްސް އަޅާ ބިން 1 މަސްތެރޭ ހުސްކުރަނީޚަބަރު | 2 ގަޑިއިރު ކުރިން10 ރަށެއްގައި ދަނޑުތައް ތަރައްގީކުރުމަށް އެއްބަސްވުމެއްޚަބަރު | 17 ދުވަސް ކުރިންމަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިންއަގު ހުރި ފައިސާގެ އިނާމުތަކާއި އެކު މަސްރޭސް ފެށުމަށް ތައްޔާރުވެއްޖެޚަބަރު | 2 މަސް ކުރިން