logo
MPL

MPL

ޚަބަރު

އައްޑޫ ސިޓީގައި ދަނޑުވެރިންގެ މާރުކޭޓު ނަމުގައި މާރުކޭޓެއް ހުޅުވައިފި

އައިޝަތު އިނާޝާ
16 އޮކްޓޯބަރު 2026 - 05:59
އައްޑޫ ސިޓީގައި ދަނޑުވެރިންގެ މާރުކޭޓު ނަމުގައި މާރުކޭޓެއް ހުޅުވައިފި

ދިވެހި އުފެއްދުންތަކަށް ހާއްސަކޮށް އައްޑޫ ސިޓީގައި ދަނޑުވެރިންގެ މާރުކޭޓު ނަމުގައި މާރުކޭޓެއް ހުޅުވައިފިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑު ސިޓީ މީދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ދަނޑުވެރިންގެ މާރުކޭޓު ހުޅުވައިދެއްވީ ވަޒީރު އަހްމަދު ޝިޔާމްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ވީކެންޑް މާރކެޓް“ގެ ނަމުގައި ހުޅުވި މި މާރުކޭޓަކީ ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް މި ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މާރުކޭޓެކެވެ. މި މާރުކޭޓަކީ ދަނޑުވެރިންގެ އުފެއްދުންތަކާއި، އައްޑޫގެ އަމިއްލަ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ހުޅުވި މާރުކޭޓެކެވެ.

އައްޑޫގެ ދަނޑުވެރިންގެ ކުރިއެރުމަށާއި ބޭނުންތައް ފުއްދައިދިނުމަށް ކައުންސިލުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި މި މާރުކޭޓުގެ ސަބަބުން ތަރުކާރީއާއި މޭވާގެ އިތުރުން، ގޭގޭގައި ހައްދާ ގަސްގަހާގެއްސާއި އަމިއްލަ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކަކާއި އެކު އަންނަނީ ފާހަގަކުރަމުންނެވެ. މި މަހުގެ 11 އިން 18 އަށް ރާއްޖޭގެ ބައެއް ރަށްރަށުގައި އެކި ހަރަކާތްތައް އަންނަނީ ރާވާ ހިންގަމުންނެވެ. އޭގެ ތެރޭގައި ހދ ހަނިމާދޫ ރ.އަނގޮޅި ތީމު ރ.ކިނޮޅަސް ލ.މަބައިދޫ ރ.ދުވާފަރު ހދ.ނޮޅިވަރަމް ނ.ލަންދޫ އަދި ހއ ބާރަށް ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީގައި ދަނޑުވެރިންގެ މާރުކޭޓު ނަމުގައި މާރުކޭޓެއް ހުޅުވައިފިޚަބަރު | ގަޑިއިރެއް ކުރިންހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް ސޮއިކޮށްފިޚަބަރު | 23 ދުވަސް ކުރިންމާރުކޭޓް ކޮމްޕްލެކްސް އަޅާ ބިން 1 މަސްތެރޭ ހުސްކުރަނީޚަބަރު | 2 މަސް ކުރިން10 ރަށެއްގައި ދަނޑުތައް ތަރައްގީކުރުމަށް އެއްބަސްވުމެއްޚަބަރު | 2 މަސް ކުރިން