logo
Bank of Maldives

Bank of Maldives

ޚަބަރު

ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް ސޮއިކޮށްފި

އައިޝަތު އިނާޝާ
23 ސެޕްޓެމްބަރު 2026 - 11:20
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް ސޮއިކޮށްފި

ތ. ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ މަޝްރޫޢު އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ތ. ހިރިލަންދޫގައި މަސް ފިނިކޮށް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ. ދުވާލެއްގެ މައްޗަށް 30 ޓަނުގެ މަސް ގަނެ، މަހުގެ އެކި އުފެއްދުންތައް ތައްޔާރު ކުރަމުންދާ މި ރަށުގައި، ބާނާ މަސް ގިނަ ދުވަހަށް ތާޒާކަންމަތީ ރައްކާކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީ މިހާރު ނުހަނު ބޭނުންތެރިވެފައިވާ ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއުގެ ދަށުން ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 10 މެޓްރިކް ޓަނުގެ ބްލާސްޓް ފްރީޒަރަކާއި، 0 ޑިގްރީ ސެލްސިއަސްގެ އެންޓޭ ރޫމެއްގެ އިތުރުން މަސް ޕްރޮސެސްކުރާނެ ޚާއްޞަ ސަރަޙައްދެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮމްޕްރެސަރ ރޫމްއަކާއި ކަރަންޓު ވިއުގައާއި ބެކަޕް ޖަނަރޭޓަރާއި، އަލިފާނުން ރައްކާތެރިވުމުގެ ނިޒާމާއި، އީއެލް.ވީ ނިޒާމުތައް އެޅުމާއެކު، އިމާރާތުގެ ބޭރުގެ އެންމެހައި މަސައްކަތްތައްކޮށް ސައިޓް އެއްކޮށް ތަރައްޤީކުރުން ހިމެނެއެވެ. މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ 'ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓިވް މޮޑެލް' ގެ ދަށުންނެވެ.

ކޯލްޑް ސްޓޯރޭޖުގެ ސަބަބުން މަސް އުކާލަން ނުޖެހި ތާޒާކަންމަތީ ރައްކާކުރެވި، މަސް ކައްކައި ހިއްކާ ފަރާތްތަކަށް މެދުކެނޑުމެއްނެތި މަސް ލިބުމަށް މަގުފަހިވާނެއެވެ.

މި ނިޒާމުގެ ސަބަބުން ރަށުގެ އިޤްތިޞާދަށާއި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ނަފާ ފުރިހަމައަށް ހޯދުމަށް އެހީތެރިވެދޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް ސޮއިކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމާރުކޭޓް ކޮމްޕްލެކްސް އަޅާ ބިން 1 މަސްތެރޭ ހުސްކުރަނީޚަބަރު | މަހެއް ކުރިން10 ރަށެއްގައި ދަނޑުތައް ތަރައްގީކުރުމަށް އެއްބަސްވުމެއްޚަބަރު | 2 މަސް ކުރިންމަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | 3 މަސް ކުރިން