logo
MPL

MPL

ޚަބަރު

މާރުކޭޓް ކޮމްޕްލެކްސް އަޅާ ބިން 1 މަސްތެރޭ ހުސްކުރަނީ

އައިޝަތު ނަޝާ
19 އޯގަސްޓު 2026 - 08:28
މާރުކޭޓް ކޮމްޕްލެކްސް އަޅާ ބިން 1 މަސްތެރޭ ހުސްކުރަނީ

މާރުކޭޓް ކޮމްޕްލެކްސް އަޅާ ބިމުގެ ގޮޅިތަކުގައި ތިބި މީހުންނަށް ވަގުތީގޮތުން ތަނެއް ހަމަޖައްސައި، އައު މާރުކޭޓު އެޅުމަށް 1 މަސްތެރޭގައި ބިން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މާރުކޭޓް ކޮމްޕްލެކްސްގެ މަސައްކަތަކީ މިވަގުތު މާލޭގައި ކުރިއަށްގެންދަން ނިންމާފައިވާ އެންމެ ބޮޑު އެއް މަސައްކަތެވެ.

މާލޭގައި ހިންގަމުންދާ މައި ހުރިހާ މާރުކޭޓްތައް އެއް އިމާރާތަކަށް ގެނައުމަށް، މާލެ މާރުކޭޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ، މިއަހަރުގެ މަރޗް މަހު ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އިމާރާތް އަޅަނީ މިހާރު ލޯކަލް މާރުކޭޓު ހުރި ބިމުގައެވެ.

މަސައްކަތް ހަވާލުކޮށް 5 މަސް ވެގެންދިޔައިރު، ޢަމަލީ މަސައްކަތް ނުފެށިވަނީ އެކަމަށް ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލުން ހަވާލުނުކޮށްގެންކަމަށް ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުން ހާމަކުރެއެވެ.

މާލޭގެ ބާޒާރުމަތީ ސަރަޙައްދުގައި އިމާރާތްކުރާ މާރުކޭޓް ކޮމްޕްލެކްސް ތަރައްޤީކުރަނީ 6 ފަންގިފިލާއަށެވެ. މިއީ 126.4 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

އިމާރާތް އަޅަނީ 15،525 އަކަފޫޓުގެ ޖާގައިގައެވެ. ހުރިހާ ފަންގިފިލާތައް ހިމެނޭހެން އިމާރާތުގެ ޖާގަ 95،000 އަކަފޫޓަށްވުރެ ބޮޑެވެ. އައު އިމާރާތާއެކު މަސްމާރުކޭޓް، ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލް މާރުކޭޓް ދެން ހިންގާނީ އެ އިމާރާތުގައެވެ. މުޅި ޖުމުލަ 455 ގޮޅި މި މާރުކޭޓު ކޮމްޕްލެކްސްގައި ޤާއިމުކޮށް ދޫކުރާނެއެވެ.

އިމާރާތުގެ އެންމެ ތިރި، (ބޭސްމަންޓް) ތަރައްޤީކުރަނީ 400 ސައިކަލަށް ޕާކު ކުރެވޭ ޖާގައާއެކުއެވެ. އެންމެ މަތީ ފަންގިފިލާ ތަރައްޤީކުރަނީ ކެފޭ/ރެސްޓޯރަންޓްގެ ކޮންސެޕްޓަށް ފުޑް ކޯޓެއްގެގޮތުގައެވެ.ސަރުކާރުގެ ޢަމާޒަކީ މި މަސައްކަތް 1 އަހަރާ 8 މަސް ތެރޭގައި ނިންމުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާރުކޭޓް ކޮމްޕްލެކްސް އަޅާ ބިން 1 މަސްތެރޭ ހުސްކުރަނީޚަބަރު | ގަޑިއިރެއް ކުރިން10 ރަށެއްގައި ދަނޑުތައް ތަރައްގީކުރުމަށް އެއްބަސްވުމެއްޚަބަރު | 17 ދުވަސް ކުރިންމަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިންއަގު ހުރި ފައިސާގެ އިނާމުތަކާއި އެކު މަސްރޭސް ފެށުމަށް ތައްޔާރުވެއްޖެޚަބަރު | 2 މަސް ކުރިން