logo
Bank of Maldives

Bank of Maldives

ޚަބަރު

މިނިވަން ދުވަހުގެ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި

އަޙުމަދު ރިޝާން
3 ޖުލައި 2026 - 05:37
މިނިވަން ދުވަހުގެ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސިބަތުގައި ކުރިޔަށް ގެންދާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ހުޅުވާލައިފި އެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ގެޒެޓްގްކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ، ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫހު އާލާކޮށް ޤައުމިއްޔަތަށް އޮންނަ ލޯތްބާއި ޝައުގު އިތުރުކުރުން ކަމަށެވެ. މީގެ އިތުރަށް މިނިވަންކަމުގެ މުހިންމުކަމާއި ޤައުމީ ގޮތުން ފާހަގަކުރެވޭ މުހިންމު ހާދިސާތަކުގެ ޒިކުރާ އާލާކޮށް، ދިރުވުމަކީ ވެސް މި މުބާރާތުގެ މަގުސަދެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން މުޅި މުބާރާތުން 1 ވަނަ އަށް ދާ ފަރާތަކަށް 10،000 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ. އަދި  2 ވަނަ އަށްދާ ފަރާތަކަށް 6000 ރުފިޔާ ދޭއިރު ތިންވަނަ އަށްދާ ފަރާތަށް 3000 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.  މިމުބާރާތުގައި ބައިވެރިކުރާ ފޮޓޯތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. މުބާރާތުގައި ބައިވެރިވެވޭނީ 16 އަހަރުން މަތީގެ ދިވެހިންނަށެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ބުނީ ކެމެރާގެ ލެންސް މެދުވެރިކޮށް ސަގާފީ އުފާފާޅުކުރުމާއި، ގުދުރަތީ މަންޒަރުތަކާއި، ތާރީޚީ ތަންތަނާއި، ކަނޑުއަޑީގެ އަޖައިބުތަކާއި، ގޮނޑުދޮށްތަކާއި، ދިވެހިންގެ އަމިއްލަ އުފެއްދުންތަކާއި މުޖުތަމަޢުގެ ބަދަހި ގުޅުންތަކާއި އެ ގުޅުންތަކުގެ ސަބަބުން ލިބޭ އުފަލާއި އިޙްސާސްކުރެވޭ މިނިވަންކަން ފޮޓޯއަކުން ދައްކާލުމުގެ ފުރުސަތު މި މުބާރާތް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިވަން ދުވަހުގެ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންޤާސިމް އިބްރާހީމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވައިފި ޚަބަރު | އަހަރެއް ކުރިންމިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ވެސް ބަންދުކޮށްފި ޚަބަރު | އަހަރެއް ކުރިން