logo
Bank of Maldives

Bank of Maldives

ޚަބަރު

ޤާސިމް އިބްރާހީމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވައިފި

ޝަހްޒާ މުހައްމަދު
27 ޖުލައި 2025 - 05:03
ގާސިމް އިބްރާހިމް ރައީސްއާއެކު// ފޮޓޯ: ސޯޝަލް މީޑިއާ
ގާސިމް އިބްރާހިމް ރައީސްއާއެކު// ފޮޓޯ: ސޯޝަލް މީޑިއާ

ޤާސިމް އިބްރާހީމްއަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ރަައީސުލް ޖުމްޙޫރިއްޔާ ޑރ. މޫހައްމަދު މުއިއްޒު އަރުވައިފި އެވެ.

ދިވެހި ދައުލަތުގެ އެންމެ މަތީ ލަގަބު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ޤާސިމް އިބްރާހިމަށް އަރުވާފައިވަނީ މިނިވަންދުވަހުގެ ހާއްސަ ޖްލަސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ޤާސިމް އިބްރާހީމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އެރުވުމަށް ނިންމެވީ، އެމަނިކުފާނު ދިވެހި ރައްޔިތުންނަށާއި، ރާއްޖޭގެ އިޖުތިމާޢީ ދާއިރާއަށާއި، އިޤްތިޞާދީ ދާއިރާއަށާއި، ތަޢުލީމީ ދާއިރާއަށް ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

މީގެ ކުރިން އެމަނިކުﷲާނަށް ވަނީ ނިޝާން މުލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު ވެސް ލިބިވަޑައިގެންފައެވެ.

އަރިއަތޮޅު މާމިގިލީ ބުރުމާ އިބްރާހީމާއި އަރިއަތޮޅު ދިއްދޫ ފުޅުމާގޭ ގަމަރުންނިސާ ކަނބުލައަށް ލެއްވަޑައިގެންނެވި ޤާސިމް އިބްރާހީމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ނަވާރަސަތޭކަ ފަންސާސް ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ދިހަ ވަނަ ދުވަހު އަރިއަތޮޅު ދިއްދޫގައެވެ. ޤާސިމް އިބްރާހީމް އުމުރުފުޅުން ސާދަ އަހަރުގައި ކިޔަވާ ވިދާޅުވުމަށް މާލެއަށް ވަޑައިގެން ތަޢުލީމު އުނގެންނެވުމަށް ކުރެއްވި މަސައްކަތުން، ރާއްޖޭގައި އެ ދުވަސްވަރު ކިޔަވައިގެން ލިބޭ އެންމެ މަތީ ސަނަދު ކަމަށްވާ ސެކެޓްރީކަމުގެ ސަނަދު ހާސިލުކުރެވިއެވެ. ޤާސިމް އިބްރާހީމް އެންމެ ފުރަތަމަ ދައުލަތަށް ޚިދުމަތްކުރައްވަން ފެއްޓެވީ، ގަވަރމަންޓް ހޮސްޕިޓަލްގައި ކާތިބެއްގެ މަޤާމުގައެވެ. ހޮސްޕިޓަލްގެ ވަޒީފާ އަދާކުރައްވަމުން، ލިވަޑައިގަންނަވާ ހުސްވަގުތުތަކުގައި އާމްދަނީ ހޯއްދެވުމަށްޓަކައި ބުރަމަަސައްކަތްކުރެއްވިއެވެ. ..

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިވަން ދުވަހުގެ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިޚަބަރު | 3 ގަޑިއިރު ކުރިންރާއްޖޭގެ ފުރަތަމަ ޤައުމީ ގަރލް ގައިޑް ދުވަހުގެ ޖަލްސާ ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 15 ގަޑިއިރު ކުރިންސިނގިރޭޓުގެ ޑިއުޓީ ކުޑަކުރަން ޤާނޫނަށް ގެނައި އިޞްލާޙު ރައީސް ތަޞްދީޤުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންމޯލްޑިވްސް ފައިނޭޝަލް އެކްސްޕޯ ރައީސް ހުޅުވައި ދެއްވައިފިޚަބަރު | ދުވަހެއް ކުރިން