logo
Bank of Maldives

Bank of Maldives

ޚަބަރު

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރަން ޤާނޫނަށް ގެނައި އިޞްލާޙު ރައީސް ތަޞްދީޤުކުރައްވައިފި

ޒިދާން މުޙައްމަދު
2 ޖުލައި 2026 - 10:44
ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރަން ޤާނޫނަށް ގެނައި އިޞްލާޙު ރައީސް ތަޞްދީޤުކުރައްވައިފި

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 20 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، 2026 ޖުލައި 1 ވީ ބުދަ ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ބިލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިލުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ނަގާ ޑިއުޓީއަކީ، 4/- (ހަތަރެއް) ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30% (ތިރީސް އިންސައްތަ) ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭގޮތަށް ވެސް ވަނީ ކަނޑައަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރަން ޤާނޫނަށް ގެނައި އިޞްލާޙު ރައީސް ތަޞްދީޤުކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންމޯލްޑިވްސް ފައިނޭޝަލް އެކްސްޕޯ ރައީސް ހުޅުވައި ދެއްވައިފިޚަބަރު | 6 ގަޑިއިރު ކުރިންފުރާންސްގައި މަތިންދާބޯޓެއް ވެއްޓި ހިނގި ހާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | 3 ދުވަސް ކުރިންބޯހިޔާވަހިކަމުގެ މަޝްރޫޢުތައް 2028 ގެ މެދުތެރެއަށް ނިންމަވާނެ ކަމުގެ ޔަޤީންކަން ދެއްވައިފިޚަބަރު | 3 ދުވަސް ކުރިން