logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވްސް ފައިނޭޝަލް އެކްސްޕޯ ރައީސް ހުޅުވައި ދެއްވައިފި

އަޙުމަދު ރިޝާން
2 ޖުލައި 2026 - 06:24
މޯލްޑިވްސް ފައިނޭޝިއަލް އެކްސްޕޯ ރައީސް ހުޅުވައި ދެއްވުން
މޯލްޑިވްސް ފައިނޭޝިއަލް އެކްސްޕޯ ރައީސް ހުޅުވައި ދެއްވުން

"މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައި ދެއްވައިފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ތިން ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި އެކްސްޕޯއަކީ ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމް އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ އެކްސްޕޯ އެކެވެ. މަރުކަޒީ ބޭންކުން ބުނީ މި އެކްސްޕޯގެ ސަބަބުން މާލީ ދާއިރާގައިހުރި ފުރުސަތުތަކާއި އަލަށް ތައާރަފުކުރާ ހިދުމަތްތަކުގެ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެކްސްޕޯ ހުޅުވައި ދެއްވުމަށް ފަހު، ރައީސް ވަނީ އެކްސްޕޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ސްޓޯލްތައް ވެސް ބައްލަވާލައްވާފަ އެވެ. މި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ގަވަރުނަރު އަހުމަދު މުނައްވަރާއި، މާލީ ވަޒީރު ހަސަން ޒަރީރުގެ އިތުރުން އިތުރު ވަޒީރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި އެކްސްޕޯ އާންމުންނަށް ހުޅުވާފައި ހުންނަނީ ހަވީރު 3:00 އިން ރޭނގަޑު 10:00 އަށެވެ. އެމްއެމް އިން ބުނީ މިފަދަ އެކްސްޕޯއެއްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށާއި ކުދި އަދި މެދު ފަންތީގެ ކުންފުނިތަކުން އިތުރުން މަލީ ދާއިރާގެ ގުޅުން ހުރި ގިނަ ފަރާތްތަކަށް ފައިދާކުރާނެ ކަމަށެވެ. އަދި މި އެކްސްޕޯގެ ތެރެއިން މާލީ ދާއިރާގެ ފަރާތްތަކުގެ މެދުގައި ޕެނަލް ޑިސްކަޝަން އެއް ކުރިޔަށް ގެންދިއުމަށް ވެސް ނިންމާފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނީ ލޯނަށް އެދުން ފަދަ ބޭންކިންގ ހިދުމަތްތައް މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނާ ކަމަށެވެ. އަދި ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ބޭންކްތަކެއް މި މިއެކްސްޕޯގައި ބައިވެރިވާއިރު، މާލީ ގޮތުން ބޭނުންވާ ގިނަ މައުލޫމާތުތަކެއް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށް ވެސް މަރުކަޒީ ބޭންކް އިން ފާހަގަކުރެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ފައިނޭޝަލް އެކްސްޕޯ ރައީސް ހުޅުވައި ދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންފުރާންސްގައި މަތިންދާބޯޓެއް ވެއްޓި ހިނގި ހާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | 3 ދުވަސް ކުރިންބޯހިޔާވަހިކަމުގެ މަޝްރޫޢުތައް 2028 ގެ މެދުތެރެއަށް ނިންމަވާނެ ކަމުގެ ޔަޤީންކަން ދެއްވައިފިޚަބަރު | 3 ދުވަސް ކުރިން''އިޤްތިޞާދު ހަރުދަނާކޮށް ކުންފުނިތައް އެންމެ ރަނގަޅު މިންގަޑަކަށް ބަދަލު ކުރުމަށް ޕޭ ހާމަނައިޒްކުރުން މުހިންމު''ޚަބަރު | 3 ދުވަސް ކުރިން