logo
Bank of Maldives

Bank of Maldives

ޚަބަރު

ފުރާންސްގައި މަތިންދާބޯޓެއް ވެއްޓި ހިނގި ހާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޒިދާން މުޙައްމަދު
29 ޖޫން 2026 - 16:57
ފުރާންސްގައި މަތިންދާބޯޓެއް ވެއްޓި ހިނގި ހާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އާދީއްތަ ދުވަހު، ފަރަންސޭސިވިލާތުގެ ތޮމްބްލެއިންގައި މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް އެމަނުއެލް މެކްރޯން އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، މަތިންދާބޯޓުން ދަތުރުކުރި ހުރިހާ ފަޅުވެރިންނާއި ފަސިންޖަރުންގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާގެ ޚަބަރު އަޑުއެއްސެވީ، ފުން ހިތާމައާ އެކުގައިކަން ހާމަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ވަނީ، ފަރަންސޭސިވިލާތުގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފައެވެ.

މީގެ އިތުރުން، ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ކުރިއަށްގެންދާ ތަޙުޤީޤުގައި ކާމިޔާބީ މިންވަރުކުރެއްވުމަށް، އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުރާންސްގައި މަތިންދާބޯޓެއް ވެއްޓި ހިނގި ހާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންބޯހިޔާވަހިކަމުގެ މަޝްރޫޢުތައް 2028 ގެ މެދުތެރެއަށް ނިންމަވާނެ ކަމުގެ ޔަޤީންކަން ދެއްވައިފިޚަބަރު | 4 ގަޑިއިރު ކުރިން''އިޤްތިޞާދު ހަރުދަނާކޮށް ކުންފުނިތައް އެންމެ ރަނގަޅު މިންގަޑަކަށް ބަދަލު ކުރުމަށް ޕޭ ހާމަނައިޒްކުރުން މުހިންމު''ޚަބަރު | 4 ގަޑިއިރު ކުރިންމިއަހަރު ލިސްޓް އިއުލާންކޮށް، ގޯއްޗާއި ފްލެޓްދިނުމުގައި ނުފޫޒެއް ނެތި ހައްގުވެރި ފަރާތްތަކަށް ދޭނަން: ރައީސްޚަބަރު | 11 ގަޑިއިރު ކުރިން