logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރު ލިސްޓް އިއުލާންކޮށް، ގޯއްޗާއި ފްލެޓްދިނުމުގައި ނުފޫޒެއް ނެތި ހައްގުވެރި ފަރާތްތަކަށް ދޭނަން: ރައީސް

އަޙުމަދު ރިޝާން
29 ޖޫން 2026 - 07:35
ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ގޯއްޗާއި ފްލެޓް ދިނުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ދެވޭނެ ކަމަށާއި މިއަަހަރުތެރޭ ލިސްޓް އިއުލާން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން މިފަދަ މަޝްރޫއުތަކަށް މެމްބަރުން ކައިރިން އެދިގެން ވަކި މީހެއްގެ މީހަކަށް ވެގެން ލިބުން ނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނަށް ވެސް އެގޮތަށް މަސައްކަތްކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ މިސަރުކާރުން މީގެ ކުރިން ހުއްޓިފައިވާ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއްގެ އިތުރުން ގިނަ މަޝްރޫތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދޭދޭ ގައުމުތަކާ އޮތް ގުޅުމުގެ ތެރެއިން ވެސް މަޝްރޫއުތަކެއް ފެށުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެހެން ސަރުކާރުތަކާ ހިލާފަށް މިސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފަށާއި މިދައުރުގެ ތެރޭގައި މީހުން ވެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ކަމަށް ކުރެވޭ މަސައްކަތުން ގިނަ ބަޔަކަށް ފްލެޓް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ކުރިޔަށް ދަނީ ބޯހިޔާވަހިކަމުގެ މައްޝްރޫއުއަށް ފޯމުލާފައިވާ ފަރާތްތަކުގެ ފޯމުތައް އިވެލިއޭޓް ކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ސިދާ އިވެލިއުއޭޝަން ނިމެނޭ ދުވަހެއް ބުނަން ނޭނގުން ނަމަވެސް އެކަން ވަރަށް ގާތުން ބަލައި މިދަރުއު ނިމުމުގެ ކުރިން ކަނޑައަޅާފައިވާ ގޯތިތައްދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރު ލިސްޓް އިއުލާންކޮށް، ގޯއްޗާއި ފްލެޓްދިނުމުގައި ނުފޫޒެއް ނެތި ހައްގުވެރި ފަރާތްތަކަށް ދޭނަން: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންމިދައުރުތެރޭ އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަަލް ނިންމާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންތިލަމާލެ ބުރިޖުން ޓޯލް ފީ ނެގުމުގެ ވިސްނުމެއް ނެތް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންކޮންމެ ދުވަހަކު ފުލުހުން ކުރަށްވަނީ ގައުމީ ވަރުގަދަ ހިދުމަތެއް: ރައީސްޚަބަރު | 13 ގަޑިއިރު ކުރިން