logo
Bank of Maldives

Bank of Maldives

ޚަބަރު

މިދައުރުތެރޭ އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަަލް ނިންމާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

މަރިޔަމް މާޙީ
29 ޖޫން 2026 - 07:20
ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

ރ. އަލިފުށީގައި ތަރައްގީކުރާ ހޮސްޕިޓަލާއި އެއާޕޯޓުގެ މަސައްކަތް މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ސިއްހީ ދާއިރާއަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާ ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓުގެ ބޮޑު ބައެއް މިހާރުވެސް ސިއްހީ ދާއިރާގެ ތަރައްގީއަށް ހާއްސަ ކޮށްފައިވާ ކަމަށް ރައީސް ފާހަގަ ކުރެެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިއްހީ ދާއިރާގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސިއްހީ ދާއިރާ އޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށާއި، ކަންކަން ކުރިއަށްދަނީ އެންމެ އެދެވޭ ސްޕީޑުގައި ނޫން ކަމަށެވެ. ނަމަވެސް، އަލިފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި، މާލަސްތަކެއް ނުވެ އެ މަސައްކަތް އަމަލީގޮތުން ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަލިފުށީ އެއާޕޯޓާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ ރަށަކީ ގުދުރަތީ ގޮތުން ރަނގަޅު ސަރަހައްދެއްގައި އޮތް ރަށެއް ކަމަށެވެ. އަދި އެ ރަށުގައި އެއާޕޯޓެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، މި ދައުރުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިންމައި ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މަޝްރޫއުތައް ވަކި ތަރުތީބަކުން ތާވަލުކޮށްގެން ކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ އަހަރުގެ މެދުތެރެއަށް ބައެއް މަޝްރޫއުތައް މުޅިން ނިންމާލެވޭނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަ ކުރެެއްވެވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރު ލިސްޓް އިއުލާންކޮށް، ގޯއްޗާއި ފްލެޓްދިނުމުގައި ނުފޫޒެއް ނެތި ހައްގުވެރި ފަރާތްތަކަށް ދޭނަން: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންމިދައުރުތެރޭ އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަަލް ނިންމާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފިޚަބަރު | 3 ގަޑިއިރު ކުރިންތިލަމާލެ ބުރިޖުން ޓޯލް ފީ ނެގުމުގެ ވިސްނުމެއް ނެތް: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންކޮންމެ ދުވަހަކު ފުލުހުން ކުރަށްވަނީ ގައުމީ ވަރުގަދަ ހިދުމަތެއް: ރައީސްޚަބަރު | 14 ގަޑިއިރު ކުރިން