logo
Bank of Maldives

Bank of Maldives

ޚަބަރު

މިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ވެސް ބަންދުކޮށްފި

އަޙްމަދު ޒަލީފް
25 ޖޫން 2025 - 06:05
މިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ވެސް ބަންދުކޮށްފި

މިނިވަންދުވަހާއި ގުޅިވައިގެން ޖުލައި 28 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރުކަމަށްވުމާއެކު، މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީއާއި މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގްރާމުގައިވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ، ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން އާންމުންނަށް ބައިވެރިވެވޭނެހެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށްވަނީ ނިންމާފައެވެ. އެގޮތުން މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބާއްވާ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތާއި، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ފާހަގަކޮށްލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިވަން ދުވަހާ ގުޅުވައިގެން ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ހަރަކާތްތަކުގައި ހަތަރު ސްކޫލެއްގެ އިތުރުން، ސަޤާފީކަންކަމާއި ގުޅޭ ވުޒާރާއިން ބައިވެރިވާނެއެވެ.

އަދި ސްކޫލްތަކާއި ގުޅިގެން ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިނިވަން ދުވަހާ ގުޅިގެން ސްކޫލްތަކުގެ ކެޑޭޓުން ބާއްވާ މަގުމަތީ ހިނގާލުމެއްވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިވަން ދުވަހުގެ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިޚަބަރު | 3 ގަޑިއިރު ކުރިންޤާސިމް އިބްރާހީމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވައިފި ޚަބަރު | އަހަރެއް ކުރިންމިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ވެސް ބަންދުކޮށްފި ޚަބަރު | އަހަރެއް ކުރިން